Aafathis

'ދަ ސްކައި އިޒް ޕިންކް' ގެ ލަންޑަން ޝެޑިއުލް ފަށައިފި

ޕްރިޔަންކާ ޗޯޕްރާ އާއި ފަރްހާން އަޚްތަރް އަދި ޒާއިރާ ވަސީމާއި، ކްރޫ އަދި އެހެން ތަރީން 'ދަ ސްކައި އިޒް ޕިންކް' ގެ ލަންޑަން ޝެޑިއުލް އަށް ގޮސް ޝޫޓިން ފަށައިފިއެވެ. ޝޫޓިން ފަށާފައިވަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށް ޕްރިޔަންކާ ޗޯޕްރާ އެވެ. ކާށްޓެއް ފެޅުމަށްފަހު ފިލްމަށް ދެން ދިމާވާ ހުރިހާ މައްސަލައަކަށް ޒިއްމާވާނެ ކަމަށް ޕްރިޔަންކާ ބުނާ ވިޑިއޯ އެއް ފިލްމު އުފައްދާ ފަރާތުންވަނި އިންސްޓެގްރާމްގައި ޕޯސްޓުކޮށްފައެވެ. ޕްރިޔަންކާ ވަނީ ފަރްހާން އާއި ޒާއިރާ އާއެކު ނަގާފައިވާ ފޮޓޯ އެއްވެސް ޝެއަރ ކޮށްފައެވެ. ޕްރިޔަންކާ އާއި ފަރްހާން އަކީ ފިލްމުގައި ޒާއިރާގެ މަންމަ އާއި ބައްޕައެވެ.   

Exit mobile version