ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ މައިތިިރިޕާލާ ސިރިސޭނާގެ ޚާއްޞަ މަންދޫބެއް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އާ ބައްދަލުކުރައްވައިފިއެވެ. ސްރީ ލަންކާ ރައީސްގެ ފަރާތްޕުޅުން ރައީސް މައުމޫން އާ ބައްދަލުކުރެއްވީ ސްރީ ލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އޮނޮރަބްލަ ފައިޒަރް މުސްޠަފާ އެވެ. މިކަމަށްޓަކައި ރައީސް މައުމޫން ވަނީ ސްރީ ލަންކާގެ ރައީސަށް ޝުކުރު ދަންނަވައި ޓުވީޓެއް ކުރައްވާފައެވެ.
What a great pleasure it was to receive Sri Lankan minister of sports Hon Faiszer Mustapha the special envoy of HE President @MaithripalaS who called on me today! I expressed my deep appreciation to HE President on his kind gesture. pic.twitter.com/RCZVanULwC
— Maumoon Abdul Gayoom (@maumoonagayoom) October 6, 2018
ކަފާލާތުގެ ދަށުން ޖަލުން މިނިވަންވެ ވަޑައިގަތްފަހުން ބޭރު ގައުމުތަކުގެ ބައެއް އިސްވެރީން ދަނީ އެމަނިކުފާނަށް ފޯނުން ގުޅުއްވަމުްނެވެ. އެގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި، ސްރީ ލަންކާގެ ކުރީގެ ރައީސް ރާޖަ ޕަކްސާ އާއި، ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެމަނިކުފާނަށް ފޯނުން ގުޅުއްވާފައިވެއެވެ.