Aafathis

'ސުއި ދާގާ' ޗެލެންޖް: ތިނޯހަށް ރޮދި ލެއްވުން.

ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހު އަޅުވަން ހަަމޖެހިފައިވާ 'ސުއި ދާގަ' ފިލްމުގެ ލީޑް ދެ ތަރީން، ވަރުން އާއި އަނުުޝްކާ މިހާރު އުޅެނީ އަވަދިނެތި ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައެވެ. 'ސުއި ދާގަ' އަކީ ފެހުމުގެ ފަންނުގައި މީހަކު ކުރިއަރައިގެނދަ ގޮތް ދަްކުވައިދޭ ފިލްމެކެވެ.

ބޮލީވުޑްގައި ފިލްމުތައް ޕްރޮމޯތ ކުރުމަށް މިހާރު އެކި އުކުޅުތައް ބޭނުންކުރެއެވެ. އަކްޝޭ ކުމާރު ގެ 'ޕެޑް މޭން' ޕްރޮމޯތް ކުރުމަށް އޭނާވަނީ ޕެޑެއް ހިފައިގެން ފޮޓޯ ނަގައި އެފަދަ ފޮޓޯ ނުވަތަ ވީޑިއޯ އަޕްލޯޑް ކުރުމަށް ޗެކެންޖް ކޮށްފައެވެ. މިފަހަރު އަނުޝްކާ އާއި ވަރުން ވެސް މިވަނީ ބޮލީވުޑް ތަރީންނާ އެކުވެރިންނާ ޗެލެންޖް ކޮށްފައެވެ. އަނުޝްކާ އާއި ވަރުންގެ ޗެލެންޖަކީ ތިނޯހަށް ރޮދި ލެއްވުމެވެ.

ވަރުން ޗެލެންޖް ކުރީ އަކްޝޭ ކުމާރް އަށެވެ. އަކްޝޭ ވަނީ ޗެލެންޖް ގަބޫލުކޮށް 10 ސިކުންތުގެ ތެރޭގައި ތިނޯހަށް ރޮދި ލައްވަން މަސައްކަތް ކޮސްފައެވެ. ނަމަވެސް އޭނާއަކަށް އެ ޗެލެންޖެ ޗެލެންޖް ކާމިޔާބެއް ނުކުރެވުނެވެ.

10 ސިކުންތު ތެރޭގައި ތިނޯހަށް ރޮދި ލައްވަން އަނުޝްކާ ޗެލެންޖް ކުރީ ޝާހް ރުކް ޚާން އަށެވެ. އޭނާ އަދި މިޗެލެންޖްގައި ބައިވެރިއެއް ނުވެއެވެ.

އާލިއާ ބަޓް އާއި އާޔަން މުކަރްޖީ ވެސް ވަނީ ޗެލެންޖް ގަބޫލުކޮށްފައެވެ. އަދި އާލިއާ ވަނި ދިހަވަނަ ސިކުންތުގައި ތިނޯހަށް ރޮދި ލައްވައި ޗެލެންޖެ ާމިޔާބު ކޮސްފައެވެ. އޭނާވަނީ ކަރަން ޖޯހަރް ނޮމިނޭޓް ކޮށް ކަރަން އަށް އިތުރު ޗެލެންޖެއްވެސް ދީފައެވެ. އެއީ އާލިއާގެ ލޯބިވެރިޔާ ރަންބީރް ޗެލެންޖްގަިއ ބައިވެރިކުރުމަށެވެ.

އަނުޝްކާ އާއި ވަރުން ގެ ފޭނުްނވެސް މިޙާރުވަނީ މި ޗެލެންޖް ގަބޫލުކޮށް އިންސްޓެގްރާމަށް ވީޑިއޯ އަޕްލޯޑް ކުރަމުންނެވެ. މި ޗެލެންޖްގައި ބޭނުންކުރާ Suidhaagachallenge# އެވެ. 

Exit mobile version