Aafathis

'ބަދާއި ހޯ' ގެ ފުރަތަމަ ލުކް އާއްމުކޮށްފި

އަޔުޝްމަން ކުރާނާ އާއި ސާނިޔާ މަލޯތްރާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު 'ބަދާއި ހޯ' ގެ ފުރަތަމަ ޕޯސްޓަރު ތައް އާއްމުކޮށްފިއެވެ. ފުރަތަމަ ޕޯސްޓަރު އާއްމުކުރީ އަޔުޝްމަން އެވެ. ޕޯސްޓަރުން އޭނާ ފެންނަީ 'ފީޓަލް ޕޮޒިޝަން' ގައެވެ. މއީ މަިއމީހާގެ ބަނޑުގައި ދަރިފުޅު އޮންނަ ޕޮޒިޝަނެވެ.

އަޔުޝްމަން އާއެކު ފިލްމުގެ އަންހެން ލީޑް ރޯލު ކުޅޭނީ 'ދަންގަލް' އިން ވިދާލި ތަރި ސާނިޔާ މަލޯތްރާ އެވެ. ސާނިޔާވެސް ވަނީ އޭނާގެ ފުރަތަމަ ލުކް އާއްމުކޮށްފައެވެ. ފޮޓޮގައި އޭނާވެސް އޮންނަނީ ފީޓަލް ޕޮޒިޝަންގައެވެ. 'ބަދާއި ހޯ'ގެ ޓްރެއިލަރ މިއަދުގެ ވަގުތެއްގައި އާއްމުކުރާނެއެވެ.

އަޔުޝްމަން އާއި ސާނިޠާގެ އިތުރުން ނީނާ ގުޕްތާ އާއި ގަޖްރާޖް ރާއޯ ވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނެއެވެ. މިއީ ސާނިޔާ އާއި އަޔުޝަމްނަ އެކުގައި ފެންނަ ފުރަތަމ ފިލްމު ކަމުގައިވީ ނަމަވެސް ދަންގަލްގައި ސާނިޔާ ވަނީ އަޔުޝްމަންގެ ބޭބެ، އަޕަރްޝަކްތީ ކުރާނާ އާއެކު ސްކްރީން ޝެއަރކޮށްފައެވެ.  

Exit mobile version