ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ އިސް ބައެއް ބޭފުޅުންނާ މެދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ޓްވިޓަރ މެދުވެރި ކުރައްވައި ވިދާޅުވެއްޖެއެވެ.
އީޔޫއިން ފިޔަވަޅު އަޅައިފައިވަނީ ރައީސް ޔާމީނާއި، ސްޕްރމްކޯޓުގެ ބައެއް ފަނޑިޔާރުންނާއި، ބައެއް ވަޒީރުންނާއި، އެމްއެންޑީއެފްގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމާއި، ބައެއް ވިޔަފާރި ވެރިންނަށެވެ. އީޔޫއިން ވަނީ މިބޭފުޅުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި ކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އަޅައިފައިވަނީ ކޮންފިޔަވަޅެއް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
"އަޅުގަނޑުގެ އިލްތިމާސްއަކީ އެންމެ ބޭފުޅުން ރައީސް ޔާމީނާ ދުރަށް ވަޑައިގަނެ ރާއްޖެއަށް ރަނގަޅު ގޮތަށް އަމަލު ކުރެއްވުމެވެ." ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.