މިދިޔަ ހަފްތާގައި ބޮލީވުޑްގެ ތަރި ސޮނާލީ ވަނީ އޭނާއަށް ކެންސައރު ޖެހިފައިވާ ކަމަސް ބުނެ މީސްމީޑިއާގައި އެކަން ހާމަކޮށްފައެވެ. އޭނާގެކ ިބައިން އެއްވެސް ބައްޔެއްގެ އަލާމާތެއް މީގެ ކުރީން ފެިނފައިނުވެއެވެ. ނަަމަވެސް ގައިގަ ރިއްސަ ތަދު ނުފިލައިގެން ކުރި ޓެސްޓުތަކުގެ ނަތީޖާ އިން އޭނާ އަށް ކެންސަރު ބަލި ޖެހިފައިވާ އެނގުނެވެ. އަދި މިހާރު އޭނާ ވަނީ ކެންސަރުގެ އެންމެ ނުރައްކާތެރި މަރުހަލާގައި ކަމަށްވެއެވެ. މިވާހަކަތައް އާއްމުކުރުމާއެކު ބޮލީވުޑްގެ ތަރިންނާއި އޭނާއަށް ތާއީދު ކުރާ މީހުން ވަނީ އޭނާއަށް އަވަސް ޝިފާ އެއް ލިބުން އެދޭ ކަމަށްބުނެ ހެޔޮދުއާ ފޮނުވވިއެވެ.
މިއަދު ސޮނާލީވަނީ އިނސްޓެގްރާމްގައި އޭނާގެ އާ ފޮޓޯ ތަކަކާއި ވީޑިއޯ އެއް ހިއްސަކޮށްފައެވެ. ފޮޓޯތަކާއެކު ހިއްސާކުރި ވީޑިއޯގައި އޭނާގެ ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށާލާ މަންޒަރު ފެނެއެވެ.
ސޮނާލީގެ ފޮޓޯ އާއި ވީޑިއޯ ތިރީގައިވާ ލިންކަށް ފިތާލުމުން ފެންނާނެއެވެ.
މިދިޔަ ހަފްތާގައި ސޮނާލީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް ބުނުމުން އެތައް ބަޔަކު ވަނީ ސޮނާލިއަށް އަވަށް ޝިފާއަކަށް އެދޭ ކަމަށް ބުނެފައެވެ. އަދި ބައެއް މީހުންވަނީ އެމީހުން ނުވަތަ އެމީހުންގެ އާއިލާގެ މެންބަރަކަށް ކެންސަރު ޖެހި އެކަން ތަހައްމަލު ކުރި ގޮތުގެ ވާހަކަ ހިއްސާކޮށްފައެވެ. ސޮނާލީގެ ޕޯސްޓުގައި ބުނެފަިއވާ ގޮތުގައި ކެންސަރާ ހަނގުރާމަ ކުރމަށް އޭނާ އަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ހެޔޮއެދޭ މީހުންގެ ވާހަކަތަކުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ދަތުރުގައި އޭނާގެ ތަޖުރިބާ ހެޔޮއެދޭ މީހުންނާ ހިއްސާކުރަމުންގެންދާނެއެވެ.