ފެނަކައަށް އެމްޑީއަކު ހަމަޖައްސައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ހަމަޖެއްސެވުމާއި ގުޅިގެން ފެނައިގެ އެމްޑީއަކު ނެތި ދުވަސްކޮޅެއް ދިޔުމަށް ފަހު އެކުންފުންޏަށް އާ އެމްޑީއަކު ހަމަޖައްސަވައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ މުހައްމަދު ލަމާން އެވެ. ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ލައްމާނު ހަމަޖެއްސެވީ މިއަދު އެވެ. ފެނަކައަށް ހަމަޖެއްސެވުމުގެ ކުރިން ލަމާން ހުންނެވީ މިފްކޯގައެވެ.

ފެނައިގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވި ޝަރީފް އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމާއެކު ފެނައިގެ އެމްޑީޕީގެ މަގާމަށް ހަމަޖެއްސެވި ލައްމާނަކީ ސަރުކާރު ހިންގާ ޕާޓީގެ ހަރަކާތްތަކުގައި އިސްރޯލެއް އަދާކުރަމުން އަންނަ ފަރާތެކެވެ. ޝަރީފްގެ ކުރިން އެމަގާމުގައި ހުންނެވީ ނިމާލެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.