ގުދަނުގައި އަނދައިގެން ދިޔައީ މި ސަރުކާރުން ދޫކުރި ފްލެޓްތަކުގެ ފޯމުތަކެއް ނޫން- މުއިއްޒު

ދާފިފަހުން ވިލިމާލޭގައި ހުރި ގުދަނެއްގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާގައި އަނދާފައި ވަނީ ސަރުކާރުން އެންމެ ފަހުން އިއުލާންކުރި ބޯހިޔާވަހި ކަމަށް އެދި ކުރިމަތިލީ މީހުންގެ ފޯމުތަކެއް ކަމަށްބުނެ ސޯޝަލް މީޑިޔާގައި ދެކެވެމުން އަންނަ ވާހަކަތައް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.

ގުދަނުގައި އަނދައިގެން ގޮސްފައިވާ ބަޔެއް ފޯމުތަކުގެ ފޮޓޯއަކާއެކު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ 2005 ވަނަ އަހަރު ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ފޯމުތަކެއް ކަމަށެވެ. އަދި އެހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ކިބައިން މިހާރު އެދިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ކުރެއްވި ޓްވީޓާއެކު ލައްވާފައިވާ ފޯމު ތަކުގެ ފޮޓޯ

"މިސަރުކާރުން ހިންގި ސްކީމްގެ ހުރިހާ ފޯމުތަކެއް ވާނީ ރައްކާކުރެވި، ސްކޭންކޮށް ޑިޖިޓަލް ކޮށްފައި" މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުން އެންމެ ފަހުން އިއުލާން ކުރި 661 ފްލެޓަށް 15000 މީހުން ފޯމު ލާފައިވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.