ފީނަން އުޅެނިކޮށް ޑީކޯވި މީހަކު ގަމަށް ގެންގޮސްދީފި

ވައިފުޅި އަޅައިގެން އެންހިފަން ފީނަން އުޅުނު މީހަކު “ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް” (ޑީކޯ) ވެގެން އައްޑޫ ސިޓީ ގަމަށް ގެންގޮސްފިއެވެ.

އޭނާ ގަމަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގައި ދުއްވާ ކުރަނގި ހެލިކޮޕްޓަރުގައެވެ.

ޑީކޯވި މީހާ އެންމެފުރަތަމަ ގެންގޮސްފައިވަނީ ގދ. ފިޔޯރީ ސިއްޙީ މަރުކަޒުގައެވެ. އުމުރުން 30 އަހަރުގެ އެމީހާއަށް އެތަނުން ފަރުވާދިނުމަށަފަހު ކުރަންގި ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް އޭނާ ގެނައީ މިރޭ 00:00 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. ގަމުން އޭނާވަނީ އިތުރު ފަރުވާދޭން ޝަންގްރިއްލާ ރިސޯޓަށް ފޮނުވައިފައެވެ. އެ ރިސޯޓަށް އޭނާ ގެންދިޔައީ ސީ އެމްބިއުލާންސްގައެވެ.

އޭނާ ގަމަށް ގެނެސް ޝަންގުރިއްލާއަށް ފޮނުވައިލީ ފިޔޯރީން އޭނާބެލި ޑޮކްޓަރު އެގޮތަށް ލަފާ ދެއްވުމުން ކަމަށްވެސް އެމްއެންޑީއެފުން ވ

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެމީހާ މިއަދުވަނީ 50 މީޓަރުގެ ފުންމިނަށް ތިން ފަހަރު ފީނައިފައި ކަމަށެވެ. އެއިން ކޮންމެ ފީނުމެއްގައި 20 މިނެޓާއި 35 މިނެޓާ ދޭތެރޭގެ ވަގުތު ހޭދަކޮށްފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.