ބްރެޒިލުން ފުރައިގެން ސިންގަޕޫރަށް ދިޔަ އާގުބޯޓެއްގައި ޙާލު ގޯސްވި ތުރުކީ މީހަކު އައްޑުއަށް

ބްރެޒިލްއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ މާޝަލް އައިލެންޑްސްގެ "އެމްވީ ޔަސަ އީގަލް" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ހިތަދުއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މިކަމާބެހޭ ރިޕޯޓު އެފަރާތަށް ކޮށްފައި ވަނީ ރޭ 7:30 ހާއިރު ކަމަށެވެ. ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އެ ޚަބަރު ލިބުމާއެކު، ޑޮކްޓަރުންގެ ޓީމަކާއެކު ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޓީމެއް ވަނީ ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރާފައެވެ. އޭރު ބޯޓު އޮތްކަމަށް ވަނީ އައްޑޫ ސިޓީ ހިތަދޫގެ ދެކުނުން 12 ނޯޓިކަލް މޭލު ބޭރުގައެވެ.

ބޯޓުގައި ޙާލު ގޯސްވީ ތުރުކީ ވިލާތުގެ މީހެކެވެ. އޭނާ ކޯސްޓްގާޑަށް ނައިގެން ހިތަދޫއަށް ގެންގޮސް ފަރުވާ ދީފައި ވަނީ ރޭ 11:30 ހާއިރުއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.