އިލްހާމް، ޒާލިފް، ސިނާންގެ ބަންދަށް 15 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް 15 ދުވަހަށް ޖަލުގައި ބެއިތިއްބުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިދީފިއެވެ.

ސިނާނާއި އިލްހާމް ބަންދުކޮށް ޖަލަށްލައިފައިވަނީ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓައިލަން އުޅުމުގެ ތުހުމަތުގައެވެ. އެދެ ބޭފުޅުން ބަންދުކޮށް ދޫނިދޫގައި ބަންދުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

މިދެބޭފުޅުން ހޯދަން ފުލުހުން ފުރަތަމަ އިއުލާން ކުރެއްވިއިރު ތިއްބެވީ ރާއްޖެއިން ބޭރުގައެވެ. އެއިއުލާން ކުރެއްވުމުން އެއަށް ޖަވާބު ދެއްވައި އިލްހާމް ވިދާޅުވީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ފުލުހުންގެ ސުވާލުތަކަށްވެސް ޖަވާބުދާރީވާނެ ކަމަށެވެ.

އެދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވި ތަނާ އެއާޕޯޓުންނެވެ. ޒާލިފް ބަންދުކޮށްފައިވަނީ ފެބުރުއަރީ 20 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.