މަދޫރީގެ "އޭކް، ދޯ، ތީން" އަށް ޖެކްލީން ފެނާންޑީޒް ފައިހަމަ ކުރަނީ

މަދޫރީ ޑިކްސިޓް ނެނޭ ގެ މަޝްހޫރު ލަވަ 'އޭކް ދޯ ތީން' އިން މިފަހަރު ފެންނާނީ ޖެކްލީންް ފެނާންޑީޒް އެވެ.  މި ލަވަ އަކީ 1988ވަނަ އަހަރު ފިލްމު 'ތޭޒާބް' އިން މަޝްހޫރު ވި ލަވައެކެވެ. މި ލަވަ ހިމަނާފައިވަނީ ޓައިގަރ ޝްރޮފް އާއި ދިޝާ ޕަޓާނީގެ ފިލްމު 'ބާޣީ 2" ގައެވެ. މަދޫރީ އަށް ލަވައިގެ ކޯރިއޮގްރެފީ ހަދައިދީފައިވަނީ ސަރޯޖް ޚާން އެވެ. ޖެކްލީން ގެ ލަވައިގެ ކޯރިއޮގްރާފަރަކީ ގަނޭޝް އަޗޭރްޔާ އެވެ. މި ލަވައިގެ ރާގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި ލަވައަކީ ޖާވީދް އާކްތަރު ލިޔެފައިވާ ލަވައެކެވެ. ލަވައިގެ ލިރިކްސް އަށް ވެސް ބަދަލެއް ގެނައިކަމެއް އެނގިފައެއް ނުވެއެވެ.

މަދޫރީ އާ އެއްވަރަށް 'އެކް ދޯ ތީން' އަށް ޖެކްލީން އަށް ފައި ހަމަ ކުރެވިދާނެ ތޯ ބަލައިލަން އޭނާގެ ފޭނުން ތިބީ ކެތް މަދުވެފައެވެ.  

'ބާޣީ 2' ޕްރޮޑިއުސްކުރީ ސާޖިދް ނަދިއަދްވާލާ އެވެ. ޑައިރެކްޓް ކުރީ އަހްމަދް ޚާން އެވެ. މިއީ ދީޝާ ޕަޓާނީ އާއި ޓައިގަރ ޝްރޮފް އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.