ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރުދިން ތިންމީހަކު ހައްޔަރު ކޮށްފިން:ފުލުހުން

ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރުދީ ސޯޝަލް މީޑިއާގައި އާންމުކުރި ތިންމީހަކު މިރޭ ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި 3 މީހަކު މިރޭވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކޮންބައެއް ކަމާއި އެމީހުން ހައްޔަރުކޮށްފައިވަނީ ކޮންތާކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މައުލޫމާތު އިތުރަށް ދެވެންނެތް ކަމަށެވެ.

ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގައި ބަންދުކޮށްފައިވަނީ ރާއްޖެޓީވީގައި މަސައްކަތްކުރާ ތިން ނޫސްވެރިންނެވެ. އެހެންނަމަވެސް އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. މިރޭގެ މުޒާހަރާއިން ވަނީ ރާއްޖެޓީވީގެ ތިން ނޫސްވެރިއަކު ބަންދުކޮށްފައިކަން ކަށަވަރެވެ. އޭގެ ތެރެއިން ފަޒީން ބަންދުކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވެގެންނެވެ. އަނެއް ދެމީހުން ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.