ކެރެންޏާ ނިކަން އީޔޫގެ ގަރާރާ ދެކޮޅަށް ބަޔާނެއް ނެރެބަލަ: އަލީ އާރިފް

ރާއްޖޭގައި ދީނީ މިނިވަންކަން ނުވަތަ އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތު ދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައި ނެރެފައިވާ ގަރާރަށް ރައްދު ދެއްވައި ބަޔާނެއް ނެރެން ކެރޭނެތޯ ވިދާޅުވެ ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަން އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އިދިކޮޅުގެ އިސްލީޑަރުންނަށް ބޮޑު ސުވާކެއް ކުރިމަތިކޮށްފިއެވެ.

ޕީޕީއެމްގެ އިން މިރޭ ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޑރ. ޖަމީލާއި، ރައީސް ނަޝީދާއި، އަދިވެސް އިދިކޮޅު ލީޑަރުން އިނގިރޭސިބަހުންނާއި ދިވެހި ބަހުން އެގަރާރު ކުށްވެރިކޮށް ބަޔާނެއް ނެރެން ނުކުރޭނެ ކަމަށެވެ. އިސްލާމްދީނުގެ ދިފާއުގައި އެބޭފުޅުން ވާހަކަ ދައްކާ ކަމަށްވާނަމަ އެފަދަ ގަރާރަކަށް އެބޭފުޅުންނަށް ރައްދު ދެވެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގަރާރު ނެރުނުތާ މާގިނަ އިރެއް ނުވަނީސް ސަރުކާރުންވަނީ އެއަށް ރައްދު ދެއްވައި ދިވެހިބަހުންނާއި އިނގިރޭސި ބަހުން ބަޔާންނެރެ ސަރުކާރުގެ ނިންމުން ނުވަތަ ސްޓޭންޑް އީޔޫއަށް އަންގާފައި ކަމަށެވެ. އެއިން ދޭހަކޮށްދެނީ އިސްލާމްދީން ނޫން ދީނަކަށް ރައީސް ޔާމީން ފުރުސަތު ނުދެއްވާނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ...........

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ޢާރިފޫ ! އީޔޫއަކުން ނޫޅޭ ރާއްޖޭގެ ދީން ބަދަލުކުރާކަށް. އެހެންވީމަ ބަޔާން ނެރޭކަށް ނުޖެހޭ ސަރުކާރަކަށް. ކަލޭމެން ތިބުނާ ބަޔާނެއް ނެރުނީ ކެމްޕޭނަށް މަގުފަހިކުރާކައްނު. ނިކަން ކެރެންޏާ މިފަހަރު ކެލާ ދާއިރާއަށް ކުރިމަތިލައިގެން ހޮވިބަލަ. ޔަްީންހަމަ ދާނީ ޗޮހުން. ވަހީދަށް ވީވަރުވެސސް ހިއެއްނުވޭ ވާނެެންނެއް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.