އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

މާލޭ އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި މިރޭ ރޯކޮށްލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްފައިވަނީ ފުލުހުންގެ ކާރެއްގައެވެ.

މިހާރު ގެންދަނީ އެކާރު ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. ކާރުގައި ރޯކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދާ ވަގުތެއްގައެވެ. މިމައްސަލައިގައި ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުރައްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅުން މުޒާހާކުރާ ކޮންމެ ރެއަކު މިފަދަ ހާދިސާތައް ހިނގާ ކަމަށެވެ. އަލިފާން ރޯވުމާއ، ތަންތަނުން ދަގަނޑުބުރި ފެނުމާއި މިރުސްފެން ޕެކެޓު ފެނުމަކީ އާޏްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކާރުގައި މިރޭ ރޯކޮށްލި މައްސަލައިގައި އިދިކޮޅުގެ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ބަޔަކު ޖައްސާ "ޑަމީ" އެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.