ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން 9 މީހަކު ރޭ ބަންދުކޮށްފި

މާލޭގެ އެކި ސަރަހައްދުތަކަށް ރޭ އެއްވެ އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތްތަކުގެ ތެރެއިން 10 މީހަކު ފުލުހުންގެ ބަންދަށް ގެންދިޔަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މީހުންގެ ތެރެއިން 9 މީހަކު ބަންދުކުރީ ފުލުހުންންގެ ވާޖިބަށް ހުރަސް އަޅައިގެން ކަމަށެވެ. ދެން ބަންދުކުރި މީހާ ބަންދުކޮށްފައިވަނީ ފުލުހެއްގެ ގަޔަށް ކަޅުތެޔޮ ކަމަށް ބެލެވޭ އެއްޗެއް ޖަހައިގެން ކަމަށެވެ.

ރޭގެ އެއްވުމުން ފުލުހުންވަނީ 105 މިރުސްފެން ފެކެޓުތަކެއްވެސް އަތުލައިފައެވެ. އެއީ ފުލުހުންގެ ގަޔަށް ޖަހަން ގެނެސްފައިވާ އެއްޗެއް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ މާލޭގެ އެކިފަރާތްތަކަށް އިދިކޮޅު ފަރާތްތަކުން ރޭ އެއްވުމުން އެ ސަރަހައްދުތަކުގައި އުޅޭ ބައެއް އާންމުންގެ ފަރާތުން ރޭ ވެސް ޝަކުވާ ހުށަހަޅައިފައިވާ ކަމަށެވެ.

ރޭގެ އެއްވުން ބާއްވައިފައިވަނީވެސް އެފަދަ އެއްވުން ނުބޭއްވުމަށް ފުލުހުން ވިދާޅުވެފައި ވަނިކޮށްހެންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.