އާމިރް ޚާން އިންސްޓެގްރާމް އަށް ޖޮއިން ކޮށްފި

މިއަދަކީ ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާން ގެ 53ވަނަ އުފަން ދުވަހެވެ. އުފަންދުވަހުގެ މުނާސަބަތުގައި އޭނާ ވަނީ އިންސްޓެގްރާމް އަށް ޖޮއިން ކޮށްފައެވެ. މިހާރުވެސް ޓްވިޓާރ އާއި ފޭސްބުކް ގައި އޭނާ އުޅެއެވެ. އޭނާގެ ޓްވިޓަރ އެކައުންޓުގައި 23 މިލިއަން ފޮލޯވަރުން އެބަތިއްބެވެ. ފޭސްބުކް ގައި 15 މިލިއަން ފޭނުން އެބަތިއްބެއެވެ. އިންސްޓެގްރާމް އަށް  ޖޮއިން ކުރިތާ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި 2 ލައްކަ އަށް ވުރެ ގިނަ މީހުން އޭނާ ފޮލޯ ކުރިއެވެ.

އާމިރް މިވަގުތު ދަނީ ތަގްސް އޮފް ހިންދުސްތާން އަށް ޝޫޓް ކުރަމުންނެވެ. މިއަދު ހެނދުނު އޭނާ ވަނީ ފިލްމުގެ ކްރޫ އާ އެކު އުފަން ދުވަސް ފާހަގަ ކޮށްފައެވެ. އަދި މެންދުރު ފަހު މުމްބާއީ އަށް ގޮސް މަންމަ އާއި އާއިލާ އާ އެކު ވަގުތު ހޭދަ ކުރާނެ ކަމަށްވެއެވެ. އާދައިގެ މަތީން އޭނާ ވަނީ މީޑީއާ އެކު އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭނާ ގެ ގެއަށް މީޑިއާއަށް ދައުވަތު ދީފައެވެ.

އިންޑިއާގެ މަޝްހޫރޫ ނޫސް އެޖެންސީ އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާމިރް އިންސްޓެގްރާމް އަށް ޖޮއިން ކުރީ ޗައިނާ އާއި ތުރްކީ އާއި ޓައިވާން އަދި ރަޝިއާގައި ތިބި އޭނާ ގެ ފޮލޯވަރުންނަށްޓަކައެވެ. އިންސްޓެގްރާމް ގައި އޭނާ ފުރަތަމަ ހިއްސާ ކޮށްފައިވަނީ އޭނޭ ގެ މަންމަ ގެ ފޮޓޯ އެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.