އޮމަރްތާ އަކީ ނިރުބަވެރިއެއްގެ ހަގީގީ ވާހަކައެއް

އަހްމަދް އުމަރް ޝޭޚް އަކީ ބްރިޓިޝް-ޕާކިސްތާން އަށް ނިސްބަތްވާ ވަރަށް މަޝްހޫރު ޓެރަރިސްޓެކެވެ. އޭނާ އަކީ އިންޑިއާ އާއި ޕާކިސްތާން ހަނގުރާމައަކަށް ގެނައި މީހާ އެވެ. އޭނާވަނީ ވަރަށް އަނިޔާ ވެރިކޮށް އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ޑެނިއަލް ޕަރލްގެ ބޯ ބުރިކޮށްލާފައެވެ.

އުމަރް ޝޭޚްގެ ވާހަކަތަކަށް ފިލްމެއް ހެދުމަށް ހެންސަލް މެހެތާ މިހާރު ދަނީ ތައްޔާރު ވަމުންނެވެ. މި ފިލްމުގެ ނަމަކީ އޮމަރްތާ އެވެ. ފިލްމުގައި އޮމަރް (ޓެރަރިސްޓް) ގެ ރޯލު ނުވަތަ ކުޅެނީ ރާޖް ކުމާރް ރާއޯ އެވެ. ފިލްމުގެ ޓްރެއިލަރ މިއަދު ރިލީޒް ކުރާނެއެވެ. ފިލްމުގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ފިލްމުން ފެންނާނީ ޕާޚިސްތާނު ސަރުކާރުން ސްޕޮންސަރ ކޮށްގެން ހިންގާ ޓެރަރިސްޓް ހަމަލާ ތަކެވެ. އަދި އުމަރް ޝެއިޚް އަކީ ހައްދުފަހަނައަޅައިފައިވާ ފިކުރަށް ތާއީދުކޮށް ޖިހާދު ގެ ނަމުގައި ހިންގާ ޓެރަރިސްޓު ހަމަލާ ތަކުގައި ބައިވެރިވާ މީހުންގެ މިސާލެކެވެ. އަދި އެފަދަ މީހުންގެ ސަބަބުން މުޖްތަމައު ތައް ފަނާވެ ނެތިދާ މަންޒަރު ފިލްމުން ފެންނާނެއެވެ.

އުމަރްތާ ގެ މަންޒަރުތައް ނަގައިފައިވަނީ ލަންޑަނާއި އިންޑިއާގެ ހަގީގީ ލޮކޭޝަންތަކުގައެވެ. ފަހުގެ ތާރީޚެއްގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާތައް ފިލްމުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ޓްރޭޑް ސެންޓަރަށް ދިން ހަމަލާ އާއި މުމްބާއީ އަށް ދިން ޓެރަރިސްޓު ހަމަލާގެ ވާހަކަ އާއި އެމެރިކާ ގެ ނޫސްވެރިޔާގެ ބޯ ބުރިކޮށްލި ވާހަކަ ހިމެނެއެވެ.  

ފިލްމު ފުރަތަމަ ރިލީޒް ކޮށްފައިވަނީ ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި 2017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ. ފިލްމު އަލުން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.