ނޭޕާލުގައި މަތިންދާ ބޯޓެއް ވެއްޓި، ދިވެއްސަކަށް ފަރުވާދޭން ފަށައިފި

ނޭޕާލިގެ ވެރިރަށް ކަތަމަންޑޫ އިންޓަރނޭޝަނަލް އެއާޕޯޓަށް މިއަދު މަތިންދާ ބޯތެއް ވެއްޓިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓުނު ބޯޓުގައި ދިއްވެއްސަކުވެސް އިނެވެ. މިހާދަނީ އޭނާއަށް ފަރުވާދެމުން ކަމަށް މީޑިއާއިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއިން ދަޔުރުކުރި ދިއްވެއްސަކީ ނޭޕާލުގައި ޑޮކްޓަރީކަން ކިޔަވަމުންދާ އަންހެން ދަރިވަރެކެވެ. އެހެންނަމަވެސް އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެފައެވެ. އެ ބޯޓުގައި ދިވެއްސަކު އިންކަމަށާއި އޭނާ ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ވާހަކަ ނޫން އިތުރު މައުލޫމާތެއް ފޮރިން މިނިސްޓްރީން ދެއްވާފައެއް ނުވެއެވެ. ރާއްޖޭގެ ބައެއް ނޫސްތަކުން ބުނެފައިވަނީ އަނީޔާވީ ޑރ. ރިޒާނާ އަބްދުﷲ  ނަމަކަށް ކިޔާ މީހަކަށް ކަމަށެވެ. އޭނާ ފަރުވާދެމުން އަންނަނީ  ކަތުމަންޑޫ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި ކަމަށްވެސް ބުނެފައިވެއެވެ. އޭނާއަށް މާބޮޑު އަނިޔާއެއް ނުވާކަމަށްވެސް މައުލޫމާޓު ލިބިފައިވެއެވެ.

މިއީ ބަނގްލަދޭޝް އެއާލައިނެއް ކަމަށްވާ ޔޫއެސް ބަނގްލާގެ ގެ މަތިންދާ ބޯޓެއް ކަމަށް ބީބީސީން ބުނެފައިއެވެ. ބީބީސީގައި ބުނެފައިވަނީ ބޯޓު ވެއްޓުނުއިރު 71 މީހުން އެއިން ދަތުރު ކުރިއެވެ. އޭގެ ތެރެއިން 40 މީހުންވަނީ މަރުވެފައި ކަމަށްވެސް ބުނެފައިވެއެވެ. މަދުވެގެން 23 މީހަކު ސަލާމަތްވި ކަމަށްވެސް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

އެބޯޓު ވެއްޓުނީ ބަނގްލަދޭޝުން ފުރައިގެން އައިސް ނޭޕާލް އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. އެބޯޓު ރަންވޭއަށް ތިރިކުރުމަށް ހުއްދަދީފައިވަނީ ދެކުނު ކޮޅުންނެވެ. އެހެންނަމަވެސް އެ ބޯޓު ޖެއްސީ އުތުރު ކޮޅުން ކަމަށް ނޭޕާލްގެ ސިވިލްއޭވިއޭޝަންގެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސަންޖީވް ގޯތަމް އާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.