ކޭޑީޔޫއާއެކު އެޑިޔުކޭޝަނުން މުހިންމު އެއްބަސްވުމަކަށް

ސްރީލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވަރސިޓީ (ކޭ.ޑީ.ޔޫ) އާއެކު އެޑިޔުކޭޝަން މިނިސްޓްރީ އިން މެމޮރަންޑަން އޮފް އެސޯސިއޭޝަނެއްގައި ސޮއިކުރުމަށް ހަމަޖެހިއްޖެއެވެ.

ސޮއިކުރުމުގެ އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 3011: ގައި ވެލާނާގޭ 9 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 1 ގައެވެ.     މިއީ ފަސް އަހަރުގެ އެއްބަސްވުމެކެވެ.

މި އެމް.އޯ.ޔޫގެ ދަށުން ކޭ.ޑީ.ޔޫ އިން އެމް.ބީ.ބީ.އެސް ހެދުމަށް ރާއްޖޭގެ 20 ދަރިވަރުންނަށް ޕްލޭސްމަންޓް ލިބިގެން ދާނެ ޑިޕާޓްމަންޓްއޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވިއެވެ. އަދި އެހެނިހެން ދާއިރާތަކުންވެސް ހެޔޮއަގުގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް އެމް.ބީ.ބީ.އެސް ހަދާ ދަރިވަރުންނަށް އިންޓާންޝިޕް ފުރުސަތުވެސް ކޭ.ޑީ.ޔޫ. އިން ހަމަޖައްސައި ދޭގޮތަށް ހަމަޖެހިގެންދާނެއެވެ.

ސްރީލަންކާގެ އެ ޔުނިވަރސިޓީގައި މިހާރުވެސް ރާއްޖޭގެ 34 ދަރިވަރުން އެމްބީބީއެސް ކިޔަވަމުންދެއެވެ. އަދި އެއް ދަރިވަރަކު ބެޗްލަރ އޮފް ހިއުމަން ސައިންސް އިން ސައިކޮލޮޖީ ކިޔަވަމުންދާ ކަމަށްވެސް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.