ގަމުގައި ބޭއްވި ސައިކަލް ބުރުން ހަތް މީހުން ބަންދުކޮށްފި

ހައްދުންމަތީ ގަމުގައި މިއަދު ހަވީރު ބޭއްވި ސައިކަލް ބުރު ހުއްޓުވައި 7 މީހަކު ހައްޔަރު ކޮށްފި އެވެ.

 

ފެބުރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވައިލައި ލ. އަތޮޅުގައި މިއަދު ސައިކަލް ބުރެއް ބާއްވައިފިއެވެ.

ސައިކަލް ބުރު ފަށާއިގެން ލިންކު ރޯޑުން ވަކީ ހިސާބަށް ދެވުނުތަނާ ސިފައިން ވަނީ ސައިކަލްބުރު ހުއްޓުވައި އިތުރަށް ކުރިއަށް ނުދެވޭނެކަން އަންގައިފައެވެ. މި ބުރުންވަނީ 7 މީހުން ސަލާމަތީ ޚިދުމަތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ފަހުން ދޫކޮށްލައިފައެވެ.

އޭގެ ތެރޭގައި ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފާއި، ކުރީގެ ރައީސް މޫސާ ހަމްދީއާއި، އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށްވާ އަފްސަލް ޖައުފަރާއި، އަލީ ހަފީޒާއި، މުހައްމަދު ޒަކީއާއި، އަބްދުﷲ ޝާފިއުއާއި، ހުސައިން ހަނީފް ހިމެނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.