އިންޑިއާ ސަރުކާރާ ގުޅުމެއް ގޯހެއްނުވޭ: ހެލްތު މިނިސްޓަރ

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅިގެން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްވެސް ގުޅުމެއް ގޯސްވެގެން އުޅޭތަނެއް ނުފެންނަށް ކަމަށް ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ފަރާތްތައް ވެރިކަމަށް ގެނެސްފި ކަމަށްވާނަމަ އެމީހުންގެ އަތުން ފައިދާއެއް ލިބިދާނެ ކަމުގެ ނިޔަތުގައި ތިބި ބައެއް މީހުން ރާއްޖެއާ ބެހޭ ގޮތުން ނޭދެވޭ ވާހަކަ ދެއްކިޔަސް ސަރުކާރުން އެކަހަލަ ވާހަކައެއް ނުދައްކަވާ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާގެ ޓީވީތަކާއި ބައެއް ނޫސްތަކުގައި ރާއްޖެއަށް ޝައުގުވެރިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައި ލިޔެފައިވިޔަސް އެހެން ގައުމުތަކާ ރާއްޖެއާ އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އިދިކޮޅުން މިސަރުކާރަށް ފާޑުކިޔަމުންދާއިރު ކޯޓުތަކުގެ ހުކުމްތައް އެންމެބޮޑަށް ބޮލާލައި ޖެހި ސަރުކާރަކީ އެމްޑީޕީ ސަރުކާރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ކޯޓުތަކުގެ އިތުރަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ބާރުވެސް އެސަރުކާރުން ދިޔައީ ކަނޑުވައިލަމުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރުން ގެންދަވަނީ އެކަންކަން ރަނގަޅުކޮށް ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.