އައްޑޫސިޓީގެ މަގު ކާނުތައް ސާފުކުރަން ފަށައިފި

އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގެ މަގު ކާނުތައް ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީގެ ކޯޑީނޭޓަރ އަހުމަދު އަމަން ވިދާޅުވީ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށީ މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުންދާތީ އަވަހަށް ފެން ހިންދުމުގެ ބޭނުގައި ކަމަށެވެ.

އައްޑޫސިޓީ މަގުތަކުގެ ކާނުތައް ސާފު މިކުރަނީ އެކަން ނުކުރާތާ ދުވަސްތަކެއް ކޮށްފައެވެ. އެހާ ގިނަދުވަސްވުމުން ކާނުތައްހުރީ ވެލި އެޅި ވަރަށްބޮޑަށް ބެދިފައި ކަމަށް އަމަން ވިދާޅުވިއެވެ.

އިއްޔެ ހަވީރުން ފެށިގެން ހައުސިން މިނިސްޓްރީގެ ބޭފުޅުންނާއި އެމްއެންޑީއެފް ގުޅިގެން ގެންދަނީ ގުޅިފައި އަވަށްތަކުގެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ބައެއްގެތަކަށްވަނީ ފެންވެސް ވަދެފައެވެ.

އައްޑޫސިޓީގެ ގުޅިފައިވާރަށްތަކަކީ ބޯކޮށް ވާރޭވެހޭ ކަމަށްވާނަމަ އާންމުކޮށް ފެންބޮޑުވާ އަވަށްތަކެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.