ރާއްޖޭގައި އޮތީ ފަނާކުރަނިވި އޮޕޮސިޝަނެއް: ހެލްތު މިނިސްޓަރ

ރާއްޖޭގައި އޮތީ ޒިންމާދާރުވުމުގެ ބަދަލުގައި ފަނާކުރުނަވި އޮޕޮސިޝަނެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ "އެންމެފުރަތަމަ ގައުމު" ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ "ހަރުދަނާ އޮޕޮސިޝަންއެއް މިއަދަކު ނެތް ދިވެހިރާއްޖެއަކު. ފަނާކުރަނިވި އޮޕޮސިޝަނެއް ދިވެހިރާއްޖޭގައި މިއޮތީ. މަލްޓިޕާޓީ ޑިމޮކްރަސީގެ މިނިޒާމް މިގައުމުގައި ދަމަހައްޓަން ބޭނުން ކަމަށްވާނަމަ ވެރިކަންކުރާ ޕާޓީ ހަރުދަނާ ވަމުންދާ ފަދައިން ހަރުދަނާ އޮޕޮސިޝަނެއް އޮންނަން އެބަޖެހޭ،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވާނުވާނޭނގޭ (މަސްހުނިވެފައިވާ) އޮޕޮސިޝަނެއް އޮވެގެން ދިވެހިރައްޔިތުންނަށްވާނެ ފައިދާއެއްނެތް ކަމަށާއި، މަލްޓިޕާޓީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސަކީ ހަރުދަނާ އޮޕްސިޝަނެއް އޮތުން ކަމަށެވެ.
ރިޔާސީ އިންތިޚާބު ހައެއްކަ މަހަށް ކައިރިވިއިރުވެސް އިދިކޮޅު މީހުންނަށް ރިޔާސީ ކެންޑިޑޭޓެއްވެސް ނުދެއްކޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދައްކާނެ މެނިފެސްޓޯއެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ބުރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް އަޅަމުންދާތީ ތަރައްގީގެ އެފަދަ މަސައްކަތްތަކަށް ފާޑުކިޔުމާއި ސަރުކާރު ވައްޓާލުން ނޫން އެހެން އެޖެންޑާއެއް އިދިކޮޅުގައި ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.