"ޓްރަމްޕް ފަލަސްޠީނު މީހުންނާމެދު ޢަމަލުކުރައްވަނީ ކައުބޯއީއަކު ކަތިލަން ގެންދާ ގެރިތަކެއް ފަދައިން"

އެމެރިކާގެ ރައީސު ޑޮނަލްޑް ޓްރަމްޕް ފަލަޞްޠީނު މީހުންނާ މެދު ޢަމަލުކުރައްވާ ގޮތް އެންމެ ވައްތަރީ އެމެރިކާގެ ކައުބޯއީއަކު ގެރިތައް ލަވަމުން ކަތިލަން ގެންދިއުމާ ކަމަށް ފަަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސްގެ މުސްތަޝާރަކު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސު ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ފަހު، އިސްރާއީލު ފަލަސްޠީނު ސުލްހަޔަށް އޭނާ ހުށަހަޅުއްވާ ޕްލޭން އިއުލާންކުރައްވާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ.
ރާމަﷲ ގައި އޭނާގެ އޮފީހުގައި ވާހަކަފުޅުދައްކަަަވަމުން ރައީސު ޢައްބާސްގެ މުސްތަޝާރު މުޙައްމަދު އިޝްތިޔާ ވިދާޅުވީ "މިއަދު މިހިނގާ ކަމަކީ އެމެރިކާގައި އެމީހުން ކިޔާ ގެރި ބަޑިޖަހައި މަރާތަނަށް ގެންދިއުން ފަދަ ކަމެެއް" ކަމުގައެވެ.
"އެބައިމީހުން ޖަނަވާރު ލަވަމުން އަންނަނީ ވަދެވޭނެ އެންމެ ދޮރެއް ހުންނަ ތަނަކަށް. އަހެއްގެ މަތީގައި ޗާބޫކެއް ހިފައިގެން އިންނަ މީހަކު ފަހަަތުގައި ހުންނާނެ. އެ ދަންތުރައަށް ގެރިއެއް ވަނުމާއެކު ބޮލަށް ބަޑިޖަހައި މަރާލާނެ. ދެން އެ ގެރިމަހުން ތައްޔާރު މިކުރަނީ އެބައިމީހުން ކާ ހެމްބަރގަރ" އޭނާ އިތުރަށް ވިދާޅުވިއެވެ. "ފަލަސްޠީނު މީހުންނާ މެދު މިއަދު ކަންތައް އެކުރައްވަނީ ހަމަ އެެހެން".
އިޝްތިޔާ ފާހަގަކުރެއްވި ގޮތުގައި ރައީސު ޓްރަމްޕް ވަނީ ފަލަސްޠީނު މީހުންނާ ދެކޮޅަށް ގިނަ ކަންތައްތަކެއް ކުރައްވާފައެެވެ. މީގެ ތެރޭގައި އެމެރިކާ އެމްބަސީ ޤުދްސަށް ބަދަލުކުރުމާއި، އެމެރިކާއިން ފަލަސްޠީނުގެ ރެފިއުޖީންނަށް ދެމުން އައި އެތައް މިލިއަން ޑޮލަރެއްގެ އެހީ ކަނޑާލުން ހިމެނެއެވެ.
ފަލަސްޠީނާއެކު ގުޅުން ގޯސްވި ނަމަވެސް ޓްރަމްޕް ގެންދަަވަނީ އޭނާގެ ސުލްހައިގެ ޕްލޭނާއިގެން ކުރިއަށް ވަޑައިގަތުމަށް ތަައްޔާރުވެވަޑައިގަންނަވުމުންެނެވެ.
ޚަބަރު: އަލްޤުދްސުލް ޢަރަބީ

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.