މާލެއާއި ވިލިގިލީގެ މަގުތަކުގެ ކުނިކަހާ ސާފު ކުރުން ވެމްކޯއާ ހަވާލުކޮށްފި

މާލެއާއި ވިލިގިލީގެ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގެ ކުނިނަގައި ސާފު ކުރުމުގެ މަސައްކަތް ވޭސްޓްމެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެކުންފުންފުންޏާ ހަވާލު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އެގޮތަށް ނިންމެވުމުންނެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުހަމައްދު ޝިފާއު އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މަސައްކަތް އެކުންފުންޏާ ހަވާލު ކުރުމުން މިއަދުން ފެށިގެން އެސަރަހައްދުތަކުން ކުނި ނަގަން ފަށްޓަވައިފި ކަމަށެވެ. އެހެންނަމަވެސް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށަން އަދި މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކުނިނެގުމާއި، ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް މީހުންބޭނުންވާނެ. އެކަމަށް މަހެއްހާދުވަސް ހޭދަވާނޭ. އެހެންވީމާ ސާފުކުރުމުގެ މަސައްކަތް ފަށަން މަހެއްހާ ދުވަސް ހޭދަވާނެ،" ޝިފާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެމްކޯއާ މިއަދު ހަވާލުކުރީ ކުރިން ހައުސިން މިނިސްޓްރީން ކުރަމުންދިޔަ މަސައްކަތް ކަމަށެވެ. އެމަސައްކަތް ވެމްކޯއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ މުހައްމަދު އިބްރާހީމެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މިނިސްޓަރ އަލީ އާމިރެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިފާޒެވެ.

އެމަސައްކަތް އާންމުކޮށް ކުރާނީ ދިވެހީންނެވެ. އަންހެނުންގެ ތެރެއިން މިކަމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް، އެމީހަކު ދިރިއުޅޭ ސަރަޙަދެއްގެ މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.