އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ކުރިއާ އަޅައި ބަލާއިރު އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޓާ އިން ބުނެފިއެވެ.

އިކުއިޓޯރިއަލް ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން(އެޓާ) އިން ބުނެފައިވާ ގޮތުގައި 2012 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 31،721 ފަތުވެރިން ކަމަށެވެ. އެހެންނަމަވެސް ނިމިގެންދިޔަ 2017 ވަނަ އަހަރު އެ އަދަދު ވަނީ 153،391 އަށް އިތުރުވެފައި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިދިއަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް އާދަޔާ ޚިލާފަށް އިތުރުވި ކަމަށް އެޓާއިން ބުނެފައިވެއެވެ.

ދެކުނުގެ ފަތުރުވެރިކަން އިސްތިހާރުކޮށް ތަރައްގީ ކުރުމުގެ މަގުސަދުގައި އެޓާއިން ގެންދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފެބުރުއަރީ 27 އިން 28 އަށް އިންޑިއާއި، ލަންކާގައި ބޭއްވި "ސަދަން މޯލްޑިވްސް ރޯޑު ޝޯ" ގައިވެސް އެޓާއިންނާއި، އައްޑޫ ސިޓީކައުންސިލުންނާއި ދާއިރާގެ ބައެއް މީހުންވަނީ ބައިވެރިވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.