ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައިފި

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް މިއަދު ހުޅުވައިފިއެވެ.

ރާއްޖޭގެ މުއްސަނދި ވިޔަފާރިވެރިން ތަކެއް ގުޅިގެން ހަދާފައިވާ މި ހޮސްޕިޓަލް މިއަދު ހުޅުވައި ވަނީ ޚިދުމަތްދޭން ފަށާފައެވެ. މިއަދު ހުޅުވި މި ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމުގެ ފީއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 750 ރުފިޔާއެވެ. ނަމަވެސް ހޮސްޕިޓަލް ހުޅުވި ދުވަސްކޮޅު ކަމަށްވުމުން ދިވެހިންނަށް މި ދުވަސްކޮޅު 525 ރ އަށް ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

110 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ލިބުނު ނަމަވެސް އެ ޚިދުމަތް ލިބޭނީ ހަމައެކަނި އެޑްމިޓް ކުރާ ބަލިމީހުންނަށް އެކަނި ކަމަށްވެސް ވަނީ ނިންމާފައެވެ. އެނޫން މީހުން މިވަގުތު ޖެހޭނީ ފައިސާ ދައްކައިގެން ޚިދުމަތް ހޯދާށެވެ. ނަމަވެސް އެޑްމިޓް ނުކޮށް އާސަންދަ ލިބޭނެ އިންތިޒާމުވެސް ލަސްތަކެއްނުވެ ހަމަޖެހޭނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލީ 210 އެނދުގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް ހިންގުމުގައި ދިވެހި ވިޔަފާރިވެރިންގެ ޓީމާއެކު އެހީތެރި ވަނީ އޮސްޓްރޭލިޔާގެ ރަމްސޭ ގްރޫޕާއި މެޝިޔާގެ ޑާބީ ގްރޫޕެވެ.  ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެތަނަށް ދެއްކުމަށް ހުޅުމާލެއަށްދާ މީހުންނަށް ޚާއްސަ ފެރީއެއްވެސް ބާއްވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.