ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ބަންދު ކުރުމަށްފަހު ދާދިދެންމެއަކު ދޫނިދުއަށް ގެންގޮސްފި ކަމަށް މައުލޫމާޔު ލިބިއްޖެއެވެ.
މަހުލޫފު ހައްޔަރު ކޮށްފައިވަނީ މިރޭ މާލޭގައި ކުރިއަށްގެންދާ އިހުތިޖާޖުގެ ތެރެއިން އެމްޑީޕީ ހަރުގޭގައި އިންނަވަނިކޮށެވެ. އޭނާ އެތާގައި އިންނަވަނިކޮށް ފުލުހުން ގޮސް އޭނާ ބަންދުކޮށްގެން ވެހިކަލަށް ލައިގެންވަނީ ގެންގޮސްފައެވެ. އިރާކޮޅު އޭނާ ބަންދުކުރިޔަސް ދޫނިދުއަށް ގެންގޮސްފައިވަނީ ދެންމަ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ފުލުހުންގެ ބަންދަށް މަހުލޫފު ގެންދިޔުމުން އޭނާގެ ދެ ވަކީލުން ކަމަށްވާ މަހުފޫޒު ސައީދާއި، މޫސާ ސިރާޖު ފުލުސް އޮފީހަށް ވަޑައިގެންނެވުމުން ފުލުހުންވަނީ އެދެބޭފުޅުންގެ ފޯން އަތުލައިފައި ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.
ފުލުހުން މިރޭވަނީ ދެ ފުލުހަކުވެސް ހައްޔަރުކޮށްފައެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުސް އޮފީހުގެ ތަރުޖަމާނު ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.