ފުވައްމުލައް ސިޓީ އަށް އައު ޖެނެރޭޓަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި

ފުވައްމުލައް ސިޓީ އަށް އައު ޖެނެރޭޓަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ޏ.ފުވައްމުލަކުގައި ހުރި 500ކވއ ޓްރާންސްފޯމަރ އެއް ހަލާކުވުމުގެ ސަބަބުން 15:35 ގައި މުޅި ސިޓީއަށް ދެމުންދިޔަ ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައި ކަމަށެވެ.

އެހެން ނަމަވެސް، ހަލާކުވި ޓްރާންސްފޯރމަރުން ކަރަންޓު ދޭ ސަރަހައްދު ފިޔަވައި އެހެން ހައިރިހާ ސަރަހައްދަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ދެވިފައިވާ ކަމަށް ވެސް ބުންނެވެ.

ފެނަކައިން ބުނީ މިވަގުތު ކަރަންޓު ނުދެވި ހުރީ 150 ގެއަށް ކަމަށާއި ހަލާކުވި 500ކވއ ޓްރާންސްފޯމަރ ނެގުމަށްފަހު 1000ކވއ ގެ ޓްރާންސްފޯމަރ އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރުކުރިއަށްދާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.