ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުޚާތަބު ކުރައްވަނީ

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު، ދިވެހިގައުމާ މުޚާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން ވިދާޅުވީ ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، އެމަނިކުފާނު ގައުމާ މުޚާތަބު ކުރައްވާނީ މިއަދު ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.

މިއީ  މިއަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު، ގައުމާ މުޚާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރިޔާސީ ދައުރު ނޮވެމްބަރު 17 ގައި ފުރިހަމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރުވެ ވަޑައިގަންނަވާނެތީ ރައީސް ސާލިހުގެ ދެކަނބަލުން ވަނީ މުލިއާގެ ދޫކުރައްވާ އަމިއްލަ ގެކޮޅަަކަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ.

ރައީސް ސާލިހާއި، އަނބިކަނބަލުން ފަޒްނާ މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ.

ރައީސް ސޯލިހު މުލިއާގެއިން ބަދަލުވެވަޑައިގެންނެވި އެ ގޮޅަށް ދެން ވަޑައިގަންނަވާނީ މިމަހުގެ 17 ގައި ހުވާ ކުރައްވައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. މިއަދު ފާހަގަ ކުރަމުން މި ދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 55 އަހަރު ފުރޭ ތާރީހީ މުނާސަބަތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.