ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރާނަން: ޑރ. މުއިއްޒު

ފޮޓޯ: ޕީޕީއެމް

ހުޅުމާލޭގެ އެންމެހައި މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާނެ ކަަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ހުޅުމާލޭގެ ފޭސް 1ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ މުނިސިޕަލް ޚިދުމަތްތަކަކީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތަކެއް ކަމަށާާއި ހުޅުމާލޭގެ އެ ހުރިހާ ޚިދުމަތެއް މިހާތަނަށް ދެމުން އައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ މެދުވެރިކޮށް ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމަކީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް ސިޓީ ކައުންސިލާ ހަވާލުކުރެއްވުން ކަމަށެވެ.

އެ ޚިދުމަތްތަކަކީ މަގުތައް ސާފުކޮށް ބެލެހެއްޓުމާއި ފަޅުތެރެއާއި މަގުމަތި ދިއްލުން ފަދަ ކަންކަން ކަމުގައި ފާހަގަކުރައްވާ ވިދާޅުވީ ޤާނޫނު ބަޔާންކުރާ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް މިހާތަނަށް ކައުންސިލާ ހަވާލުނުކޮށް ހުރި ހުރިހާ ޚިދުމަތްތަކެއް ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެޗްޑީސީއަކީ ހުޅުމާލޭގެ މުނިސިޕިލް އެންމެހައި ހިދުމަތާއި، ބިންތަކާއި، ފްލެޓްތަކުގެވެސް މަސްއޫލުވެރިފަރާތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.