ރިސޯޓެއް ކައިރީ އޮތް ޔޮޓެއްގައި އަލިފާން ރޯވެއްޖެ

ރިސޯޓެއް ކައިރީ އޮތް ޔޮޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނ ްރޯވީ މާލެ އަތޮޅު ރިޓްޒްކާލްޓަން ފަރި އައިލެންޑް ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި ކަމަށެވެ. އަދި މި ހާދިސާގައި ޔޮޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:37 ހާއިރު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓް ނުލިބޭކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ހާދިސާ ހިނގީ މެޖެސްޓީ 62 ނަމަކަށް ކިޔާ ޔޮޓެއްގައި ކަމަށާއި، އެ ޔޮޓްގައި ތިބި ޓޫރިސްޓުންނާއި ފަޅުވެރިން އެހެންލޯންޗަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ޔޮޓްގައި 4 ފަޅުވެރިން ތިބިކަމަށް ވެސް ބުންނެވެ.

އެެހެންނަމަވެސް ޔޮޓްގައި ތިބި ޓޫރިސްޓުންގެ އަދަދެއްގެ ނޭނގެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް ޔޮޓަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.