އޭސީސީ އިން އަންގާފައިވަނީ 2018 ގެ ނޮވެމްބަރުގެ ކުރިންހިންގާފައިވާ މުއާމަލާތުގެ ފައިސާ ހޯދަން

އޭސީސީ އިން އަންގާފައިވަނީ 2018 ގެ ނޮވެމްބަރުގެ ކުރިންހިންގާފައިވާ މުއާމަލާތުގެ ފައިސާ ހޯދަން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން މިހެން ބުނީ "ފެނަކައާ ގުޅޭ 75 މައްސަލައެއް ތަޙުޤީޤުކުރާއިރު، މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގި" މި ސުރުޚީގެ ދަށުން، 24 އޮކްޓޯބަރ 2023 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޢާންމު ކުރައްވާފައިވާ ޚަބަރާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނީ ބަލަމުންދާ މައްސަލަތަކުގެ ޢަދަދު ކަމަށް ބަޔާންކުރައްވާފައިވާ ތަފާސްހިސާބަކީ، 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި ޢަދަދު ކަމަށެވެ. އަދި ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަށް އެ ކޮމިޝަނުން އަންގަވާފައިވާ އަކީ، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމްލަ 04 މުޢާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާ ކަމަަށެވެ.

މީގެ އިތުރުން ސަދަން ޔުޓިލިޓީޒް ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240،000.00 ކަމަށާއި 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުޢާމަލާތްތަކަކާ ގުޅިގެން، ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނި ނުކޮށް އެފަރާތަށް ފައިސާ ދައްކާފައިވާތީ، ކުންފުންޏަށް ލިބުނު ގެއްލުމަށް ވާ 1،017،170.44 ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

އެ ކުންފުނިން އިތުރަށް ބުނީ 2016އެއީ  ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާ އެކު ކުރެވުނު މުޢާމަލާތުގައި ކުންފުންޏަށް ލިބެންޖެހޭ 17،857،979.10 އާއި 2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލިންގ ސޮފްޓްވެއަރ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުޢާމަލާތްތުގައި ކުންފުންޏަށް ގެއްލިފައިވާ 1،389،342.00 ކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.