ރައީސް ޔާމީން މިއަދު ގެއަށް ބަދަލު ކުރައްވައިފި

ފޮޓޯ: ޚަބަރު އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގެއަށް ބަދަލު ކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ އެމަނިކުފާނު ގެއަށް ބަދަލުކުރައްވާފައިވަނީ ވަގުތީ ގޮތުން ކަމަށެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގެއަށް ބަދަލު ކުރައްވާފައި މިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިފަދައިން އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ސެޕްޓެމްބަރ 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އިން ކުރިހޯއްދަވައި ބޭއްވިި ޕްރެސް ކޮންފަރެންސްގައި މުއިއްޒު ވަނީ ވީއެންމެއަވަހަކަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ ރައީސް ސާލިހަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރެއްވުމަކީ މިވަގުތަށް އޮތް އެންމެ މަސްކަހަތު ރަނގަޅު ގޮތް ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.