ރާއްޖޭގައި ޕެރަ ސުވިމިންގ ރަސްމީކޮށް އިފްތިތާޙް ކޮށްފި

ރާއްޖޭގައި ޕެރަ ސުވިމިންގ ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.

ވެސްޓިންގ ހޮޓެލް އެންޑް ރިސޯރޓްސް ގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސުވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި ރައްމިއްޔާތ ބާްއވާފައިވަނީ ވޯޓަރ އެޖް (ހުޅުމާލެ) ގެ ކޮންފަރެންސް ހޯލުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެމެރިކާގެ ޕެރަ އެތުލީޓެއްކަމުގައިވާ މރ. ގްރެގަރީ ބާންސް އެވެ. އޭނާ ވަނީ ޕެރަލިމްޕިކް ގައި ވާދަކޮށް 2 ގޯލްޑާއި 2 ބްރޯންޒް މެޑަލް ހޯދާފައެވެ.

މިރަސްމިއްޔާތުގައި ގްރެގަރީ ބާންސް ވަނީ ރާއްޖޭގެ ސުވިމިންގ އެތުލީޓުންނަށާއި ޕެރަ ސްވިމިންގ އެތުލީޓުންނަށް ޕެރައެތުލީޓަކަށް ވުމަށް އޭނާ ކުރި ދަތުުރުގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ހުށަހަޅާދީ އިންޕިރޭޝަނަލް ލެކްޗަރ ދީފައެވެ. މިކަމުގެ ސަބަބުން ރާއްޖޭ ސުއިމިންގ އަދި ޕެރަ އެތުލީޓުންނަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ވަނީ ލިބިފައެވެ.

ޕެރަ ސުވިމިންގ ފެށުމާއި ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ފަހި ފުރުަޞަތުތަކެއް ފަހިވެގެންދާނެއެވެ،

ސަރުކާރުން 2019ވަނަ އަހަރު ޕެރަލިމްޕިކް ކޮމިޓީ އުފެއްދެވުމަށް ފަހު މިއީ ޕެރަ ކުޅިވަރުތަކުގެ ތެރެއިން ތަޢާރަފު ކުރެވެގެންދާ 3ވަނަ ޕެރަ ސްޕޯރޓްސްއެވެ. މިހާރު ތަޢާރަފު ކުރެވިފައިވަނީ ޕެރަ އެތުލެޓިކްސް، ޕެރަ ބެޑްމިންޓަން އަދި މިއަދު ތަޢާރަފު ކުރެވިގެން ދިޔަ ޕެރަ ސުއިމިންގ އެވެ. ޕެރަ ޓޭބަލް ޓެނިސް 2024ވަނަ އަހަރު ތައާރަފު ކުރެވިގެން ދާނެއެވެ.

މރ. ގްރެގަރީ ބާންސްގެ މިދަތުރަކީ ވެސްޓިން ހޮޓެލްސް އެންޑް ރިސޯރޓް ގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ދަތުރެކެވެ، މރ. ގްރެގަރީ ބާންސް ރާއްޖޭން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ.،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.