ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މިރޭ

ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ 20:45 ގައި އާރޓްފިޝަލް ބީޗުގައި ކަމަށެވެ.

މިއީ މިޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެ ވަޑައިގަންނަވާނެ ކަމަށާއި މި ޖަލްސާއަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ދެއްވި ތާއީދަށް ޝުކުރު އަދާކުރުމަށް ބާއްވާ ޖަލްސާއެއް ކަަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އިއްޔެ ބާއްވާފައިވާއިރު، އެއްވެސް ބަޔަކާ ކޯލިޝަން ނުހަދައި، ޑރ. މުއިއްޒު ދެވަނަ ދައުރަކަށް ވަޑައިގެންނެވީ އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައެވެ. ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން، 46 ޕަސެންޓާއެކުގައެވެ.

އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ކޯލިޝަން ހަދައިގެން ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހޯއްދެވުނީ 85،000 ވޯޓެވެ.

މި އިންތިހާބުގައި 15،000 އަށް ވުރެ ގިނަ ވޯޓާ އެކު ތިންވަނަ ހޯއްދެވީ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އެއީ ހަތް ޕަސެންޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުޅުއްވަނީ 6،000 އަށް ވުރެ ގިނަ ވޯޓާ އެކު ދެ ޕަސެންޓުގަ އެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް ފަސްވަނަ ހޯއްދެވުނީ 5،500 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވެސް ދެ ޕަސެންޓެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް ހޯއްދެވުނީ 3،000 ވޯޓެވެ. އޭނާ އަށް ހަ ވަނަ ލިބިވަޑައިގަތީ 1 ޕަސެންޓް ވޯޓުންނެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި ހަސަން ޒަމީލަށް އެންމެ ޕަސެންޓްގެ ވޯޓު ވެސް ނުހޯއްދެވުނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.