ރައީސް ޔާމީންގެ ޓީމުން ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދު ފުއްދަވާނެ: ޣައްސާން

ރައީސް ޔާމީންގެ ޓީމުން ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދު ފުއްދަވާނެކަމުގެ ޔަގީން ކުރެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މިހާރު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގދ. ފިޔޯރީގައި ވާހަކަ ދައްކަވަމުންނެވެ.

އެ އަތޮޅު ފަރެސްމާތޮޑާ ޖަލްސާގައި ވާހަކަ ދައްކަވަމުން  ފިޔޯރީގައި 3000 ޓަނުގެ މަސް ކިރޭނެ ފެސިލިޓީއެއް ގާއިމު ކޮށްދެއްވާނެކަމަށް މުއިއްޒުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު (އެމްބެ) ވައުދުވެވަޑައިގެންފައިވާތީ އެކަމަށް ބާރުދެއްވާ ޣައްސާން ވިދާޅުވީ

އެ ފެސިލިޓީއެއް ހެދިގެން ދާއިރު ބަނދަރު ތޮއްޓާއި ބަނދަރުވެސް ބޮޑު ކުރެވިގެންދާނެ ކަމަށާއި އެ ވަރުގެ ފެސިލިޓީއެއް ހެދިގެން ދާއިރު މަސް ފެސިލިޓީއަށް ގެންދިއުމަށް އެއްގަމުގައި ބަރު އުޅަނދުފަހަރު ދުއްވަން ޖެހުމާއެކު މަގުތައް ވެސް ހެދިގެންދާނެ ކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ޓީމުން ވެވަޑައިގަންނަވާ ވައުދުތަކަކީ ވަރަށް ބޮޑަށް ވަށާޖެހޭގޮތަށް ރައްޔިތުނަށް އޭގެ ފައިދާވާނެ ގޮތަށް ވެވަވަޑައިގަންނަވާ ވައުދުތައް ކަމަށް ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާ ޣައްސާން ވިދާޅުވީ މިއީ ހަގީގަތުގައި އަމިއްލަ ކުރިމަގަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި ރައީސް ޔާމީންގެ މިނިވަން ވެވަޑައިގަންނަވަން އެންމެ ފަހި ފުރުސަތު ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.