އަޅުގަނޑުގެ ވެރިކަމެއްގައި މިހާރު ހިނގަމުންދާ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނަން: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު އަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، މިހާރު ހިނގަމުންދާ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމަށް އެމަނިކިފާނު ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދުއަށް ވަޑައިގެން އެރަށުގެ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ މުއޮއްޒު ވިދާޅުވީ އެއީ ތަރައްގީގެ ފިކުރުގެ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ ރަށަށް ވަރަށް ފައިދާ ވާނެ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު މި ހިންގާ ގޮތަށް ވުރެ ރަނގަޅަށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށާއި މި މަޝްރޫއު ކުރިއަށް ގެންދާއިރު، މަޝްރޫއަށް ބޭނުންވާ ތަކެތި އެ ރަށުން ލިބެން ހުންނަ ނަމަ އެ ތަކެތި ބޭނުން ކުރެވިދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.  އަދި އެ މަޝްރޫއަށް އެ ރަށުގެ ޒުވާނުންނަށް ވަޒީފާ ދެވޭ މިންވަރު ކަނޑައެޅިއްޖެނަމަ އިތުރަށް ފައިދާ ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ސަލާމަތް ކުރައްވާނެ ކަމުގެ ވައުދު ތަކުރާރު ކުރައްވަމުން މުއްއިޒު ވިދާޅުވީ މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި ކާމިޔާބާ ހަމައަށް ނުދެވުނު ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސް ޔާމީން މިނިވަން ކުރުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.