އިންތިހާބު ބޮއިކޮޓު ކުރަން ފާސްނުވުމުން ރައީސް ޔާމީން ކޯފާވެއްޖެ

ޕީޕީއެމް/ޕީއެންސީ ސެނެޓުން، އިންތިހާބު ބޮއިކޮޓް ނުކުރަން ނިންމުމުން އެ ނިންމުމަކީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް، ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނޫސްތަކުގައި ބުނެފައިވަނީ ރައީސް ޔާމީން އެކަން އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވާ ފޮނުއްވި ނޯޓެއްގައި ކަމަށެވެ.

އެ ނޯޓުގައި އެމަނިކުފާނު ނިންމެވި ގޮތް ކުރިން އޮންނާނީ ވިދާޅުވެފައި ކަމަށާއި އެ ނިންމުމަށް ބަދަލެއް ނުގެންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެގޮތުން ރައީސް ޔާމިނަށް ވާދަ ނުކުރެއްވޭނަމަ، ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެމަނިކުފާނު ވަނީ މީގެ ކުރިން ޕްރޮގްރޮސިވް ކޯލިޝަންގެ ލީޑަރޝިޕަށް އަންގަވާފައެވެ. އަދި ސެނެޓްގައި ނެގުނު ވޯޓުގައި އިންތިޚާބު ބޮއިކޮޓް ކުރުމަށް ވޯޓުދެއްވީ، 46 މެމްބަރުން، އިންތިޚާބުގައި ބައިވެރިވުމަށް ވޯޓު ދެއްވީ، 67 މެމްބަރުންނެވެ.

ބޮޑު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ހަމަނުޖެހުންތަކާއިއެކު ކުރިއަށް ދިޔަ މިބައްދަލިވުމުގައި ހޫނު ބަހުސްތަކެއްވަނީ ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.