އުރީދޫ މޯލްޑިވްސް: ޓީޓީއެމް މޯލްޑިވްސް 2023 ގެ ޕްލެޓިނަމް ޕާޓްނަރު!

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް މޯލްޑިވްސް 2023 ގެ ޕްލެޓިނަމް ޕާޓްނަރަކަށް ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ މޯލްޑިވްސްއިން ޕަރޓްނަވެއްޖެއެވެ.

އުރީދޫ މޯލްޑިވްސް އަކީ މިއަދުގެ ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ އިތުރުވަމުންދާ ބޭނުންތަކަށް ފެތޭ ގޮތަށް ވޮއިސް، ޑޭޓާ، ބްރޯޑްބޭންޑް، ކޮންޓެންޓް އަދި އެންޓަޕްރައިޒް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ދިވެހިންގެ ދިރިއުޅުން މުއްސަނދިކުރުމުގެ ތަސައްވަރާ އެއްގޮތުގެ މަތިން އުރީދޫއިން މަސައްކަތްކުރަމުންދަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ފަހި ކޮށްދިނުނަށެވެ.

އެގޮތުން އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ސޮލިއުޝަންތަކުގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. ޑިޖިޓަލް ހަބް، ޑިޖިޓަލް އެންޓަޓެއިންމަންޓް، ޑޭޓާ ސެންޓަރ އެންޑް މެނޭޖްޑް ސާވިސަސް އާއި ކްލައުޑް ސާވިސަސް ފަދަ ކުންފުނިތަކުގެ މަސައްކަތާއި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ސޮލިއުޝަންތަކެއް އެ ކުންފުނިން ފޯރުކޮށްދެ އެވެ. ޑިޖިޓަލް ސޮލިއުޝަންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ކަމަށްވާ ވިޒިޓް މޯލްޑިވްސް ނައު ވެސް އިފްތިތާހުކޮށް، 10 ގައުމެއްގެ 117 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރާއްޖެ މާކެޓްކޮށް ކޮވިޑަށް ފަހު ފަތުރުވެރިކަން އަލުން ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޓީޓީއެމް މޯލްޑިވްސް 2023 ގެ ދަށުން ދެ ދުވަހު މީރުމާ ކޮންފަރެންސް ފެސިލިޓީގައި ޓީޓީއެމް ކަނެކްޓް މީޓިންތައް ބޭއްވުމަށް ފަހު އެންމެ ފަހު ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ޓީޓީއެމް އެވޯޑްސް އެންޑް ގާލާ ނައިޓް އޮންނާނެ އެވެ. މިއަހަރުގެ ޓްރޭޑް ޝޯގައި ރާއްޖޭގެ އިންޑަސްޓްރީގެ އެންމެ ފަހުގެ ހިޔާލުތަކާއި ޓްރެންޑްތައް މަޝްވަރާކޮށް، ދެނެގަތުމަށް ޓީޓީއެމްއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ ރިސޯޓް/ހޮޓާ އަދި ފާހަގަކޮށްލެވޭ 30 ގައުމެއްގެ 250 އަށް ވުރެ ގިނަ ބޮޑެތި އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޓީޓީއެމް އެވޯޑް އަދި ގާލާ ނައިޓް ގައި މިއަހަރު އައު ޝަރަފުވެރި އައު ކެޓެގޮރީތަކެއްވެސް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓީޓީއެމް 2023 ގައި ބައިވެރިވުމަށް އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކުން 31 ޖުލައި 2023 ގެ ކުރިން މި އިވެންޓަށް connect.traveltrademaldives.com ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.