މާރަންދޫ ފެނަކަ އޮފީސް ރައީސް ހުޅުއްވައިދެއްވައިފި

މާރަންދޫ ފެނަކަ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ފެނަކައިގެ މަސައްކަތްތައް ކުރުމަށް މީގެކުރިން ބޭނުންކުރަމުން ގެންދިޔައީ 30 އަހަރު ކުރިން އަޅާފައިވާ ޢިމާރާތެކެވެ. އެގޮތުން އެ އިމާރާތުގައި އެއްފަހަރާ މަސައްކަތް ކުރެވެނީ 4  މުވައްޒަފުންނަށެވެ.

30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭ ގޮތަށް އިމާރާތްކޮށްފައިވާ ފެނަކައިގެ މި އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް އަޅާފައިވާ އިމާރާތެކެވެ. އެގޮތުން މާރަންދޫ ފެނަކަ އައު އޮފީހުގައި ރިސެޕްޝަނަކާއި، ލޮބީ އޭރިއާ އާއި، މީޓިންގ ރޫމަކާއި، މެނޭޖަރ ރޫމާއި، ޓެކްނިކަލް ސްޓާފް ރޫމާއި، ރެސްޓް ރޫމަކާއި، ޕޭންޓްރީ އާއި، ފާހާނާ ހިމެނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.