އަނާ - 57

(14 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނާ ނޭވާއެއްލާންވެގެން ވާހަކަ ހުއްޓާލިއެވެ.

 "ކަލޭ ތިޔަބުނީ ހަމަތެދެއްތަ! ޒަހަރު ދިން ވާހަކަ އެއީ ހަމަ ތެދެއްތަ!" އޭނާ އަޑު ތުރުތުރު އަޅައެވެ. އަދި އޭނާގެ މޫނު އަނގުރުކޮޅެއްހާ ރަތްވެއްޖެއެވެ.

"އަހަރެން މިބުނަނީ ތެދެއްހޭ ކަލޭ އެހުމުގެ ބޭނުމަކީ ކޮބާ؟" އަނާ ތުންފިއްތާލާފައި ބުންޏެވެ. މާޖިދު ވާހަކަ ނުދެއްކިފައި އިނެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ. އަދި ވަރަށް ބާރަށް ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. އަނެއްކޮޅުން އަނާ ފުންނޭވާއެއްލިއެވެ. އަދި ގައިގެބާރުދޫކޮށްލާފައި ގޮނޑިގައި ލެނގިލިއެވެ.

އެވަގުތު އޭނާއަށް އިޙްސާސްވަމުންދަނީ މިޒަހަރު ދިނުމުގައި މާޖިދަށް ނޭނގި ހިންގާފައިފައިވާ ކަމެއްކަމުގައެވެ. މާޖިދަށް ވެގެން ދިޔަގޮތް  ފެނިފައި މިކަމުގައި އޭނާ އޭނާގެ ބައްޕަޔާ ބައިވެރިވެފައި ނުވާކަން ސާފުކޮށް އެނގިފާޅުވިއެވެ. އަދި އޭނާ ކޮޓަރިން ނުކުމެގެން އެދިޔަގޮތަށް ވިސްނާލީމާ އެނގުނީ އޭނާގެ ހަށިގަނޑުގެ ތެރޭގައި ވަރަށް ވަރުގަދަ ތޫފާނެއް އުފެދިގެން ދިޔައީކަމެވެ.

އަދި އަނާވެސް ބޭނުންވަނީ އެގޮތަށް ހީކުރާށެވެ. މިނުރައްކައުތެރި އަދި އަނިޔާވެރި ކުށުގައި އެއްވެސް މިންވަރަކަށް  އޭނާގެ ފިރިމީހާ ބައިވެރިވެފައި ނުވާކަމަށް ޔަޤީންކަމާއެކުގައި އަނާއަށް ބުނެވިދާނެއެވެ

މި ޒަހަރު ދިނުމުގައި ވާހަކަ ހާމަކޮށްގެން އޭނާ އައު ހުޅުގަނޑެއް ފެޅީއެވެ. ޙަޤީޤަތުގައި މާޖިދު އަނާ ބޭނުންވާ ކަމަށްވާނަމަ މާޖިދު އޭނާގެ ބައްޕަ ދިރިއުޅެން ދަތިކޮށްލާނެއެވެ.

އޭނާ ދެކެންބޭނުންވަނީ އެތަނެވެ، ދަރިއަކު އޭނާގެ ބައްޕައާ ދޭތެރޭ ކިހިނެއް ކަންތައް ކުރޭތޯއެވެ. ފަހަރެއްގައި އެދެބަފައިންގެ ހަނގުރާމަ އަނާ އޭނާގެ މަންޒިލާ ކައިރިކޮށްދީފާނެ ކަންނޭނގެއެވެ. ޙަޤީޤަތަކީ ހަމައންމެ އެއްޗެކެވެ. އަނާ މިހާރުވެސް އެދެނީ މަޖިދު އޭނާއަކީ މާޖިދުގެ މީހެއްކަމުގައި ހެދުމެވެ. ނަމަވެސް އެއީ މާޖިދުމެންގެ އަތުން އަނާ މިހާރު އަތުލާފައިވާ ފައިސާތަކަކަށްޓަކައެއް ނޫނެވެ. އަދި ކީއްތޯއެވެ.

އަނތްބެއްކަމުގައި ޤަބޫލުކޮށްގެންނެވެ.

އޭނާގެ ޙަޔާތުގެ ބައިވެރިޔާ ކަމުގައި ދެކެގެންނެވެ. އޭނާއަށް ޙައްޤުވެގެންވީ އަދި މިހާރުވެސް ޙައްޤުވެގެންވާ އަދި އޭނާގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތައް އޭނާއަށް ދިނުމެވެ. އަނާ ބޭނުންވަނީ އޭނާގެ ހިތްވަރުން މިކަންކަން ޙާޞިލްކުރާށެވެ.

އޭނާގެ ހަށިގަނޑު ތެރޭގައި އޭރު އަދަމުންދަނީ ނަފްރަތުގެ ގަދަ އަލިފާންގަނޑެކެވެ. އެ އަލިފާންގަނޑު ނިވޭނީ އޭނާގެ މަންޒިލާ ހަމައަށްދެވުނީމައެވެ.

އަދި މިހާރު......

އެ މަންޒިލަކީ ކޮބައި ހެއްޔެވެ؟

އެއީ ކޮންމަންޒިލެއް ހެއްޔެވެ؟

އެ މަންޒިލްވަނީ ކިހާ ދުރުމިނެއްގައި ހެއްޔެވެ؟

އެކަކަށްވެސް ނޭނގެއެވެ.

ޠޫފާނެއްގެ ގަދަ ވަޔެއްހެން މާޖިދު ގެއަށް ހިނގައްޖެއެވެ. އަނާ މުޅީން އޭނާ ޙަރަކާތްތެރި ކުރުވައިފިއެވެ. އޭނާގެ ދަރިފުޅު ޙިނާއަށް ޒަހަރުދީގެން މަރާލީއެވެ. ކުށެއްނެތް ކުޑަކުޑަކުއްޖެއް މަރާލީއެވެ. އަދި އަނާއަށްވެސް ޒަހަރުދެމުން ގެންދިޔައީއެވެ.

އެ ޒަހަރުދޭ މީހަކަށްވާނީ ހަމައެކަނި އޭނާގެ ބައްޕައެވެ. އޭނާގެ ބައްޕައަކީ އޭނާގެ ދަރިފުޅުގެ ޤާތިލެވެ.

އޭނާ އޭނާގެ ބައްޕަޔާ އެތައްސުވާލެއް ކުރަން ބޭނުންވެއެވެ. ކުށެއްނެތް ކުޑަކުއްޖެއްގެ ފުރާނަ ދުއްވައިގެން ބައްޕަ ތިޔަ ކުޅުއްވަނީ ކޮންކުޅިވަރެއް ހެއްޔެވެ. އެ ކުއްޖާފުޅު ބައްޕައަށް ކުރީ ކީއް ހެއްޔެވެ؟

ޙަޤީޤަތުގައި މާޖިދަށް ހޭވެރިކަންމިވީ މާލަސްވީފަހުންނެވެ.

ޙަޤީޤަތުގައި އޭނާ އަމިއްލައަށް ހޮވި މީހަކީ އަނާއެވެ. އޭނާ ލޯބިވީ މީހަކީ ހަމަ އަނާއެވެ. ހިތާއި ފުރާނައިން އޭނާ އަނާއަށް ބޭނުންވެއެވެ.

ނަމަވެސް....

ބައްޕަ އަމިއްލަ އެދުމާއި ގޮތްދޫނުކުރުމުގެ ސަބަބުން އޭނާ މުޅީން ބަރުބާރުކޮށްލީއެވެ.

މާޖިދު މިހުރިހާ އެއްޗެއްސެއް ހިތަށް އަރުވަމުން އައިސް ޚާންއާޞިފްގެ ކޮޓަރީގެ ދޮރުކުރިމައްޗަށް ހުއްޓިއްޖެއެވެ. އަދި އޭނާގެ މުޅި ޙަޔާތުގައިވެސް  ފުރަތަމަ ފަހަރަށް ދޮރުގައި ޓަކިނުދީ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އެތެރެއަށް ވަތްއިރު

ޚާންއާޞިފް ކައިރީގައި ޒުމައްރަދު އިންދާ ފެނިފައި ކުއްލިއަކަށް ހުއްޓިއްޖެއެވެ. އޭނާ އިނީ އޭނާގެ ކުޑަދަރިފުޅު އުނގުގައި ބާއްވައިގެންނެވެ.

މާޖިދު ކޮޓަރިއަށް ވަނުމާއެކު ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. މާޖިދު ކުޑައިރުކޮޅެއް ވަންދެން ޒުމައްރަދާ ދިމާއަށް ބަލަން ހުއްޓެވެ. ދެން އޭނާގެ ބައްޕައާ ދިމާއަށް ބަލާލިއެވެ. އޭރުއިނީ ނުލާހިކު ހިތްހަމަޖެހިލައިގެން ސުއްޓާއެއް ބޯށެވެ.

މާޖިދުގެ މިހީކުރެވިފައިނެތް އައުމާމެދު ޚާންއާޞިފް ވިސްނާލިއެވެ. އަދި މާޖިދާ ދިމާއަށް ބަލާލާފައި އޭނާއަށް އެވަގުތު އައިސްފައިވާ ބަދަލުތައްވެސް ލަފާކޮށްލިއެވެ. އަދި އޭނާގެ ބަރުއަޑުން މާޖިދާ ދިމާއަށް ބުންޏެވެ. އާދޭ...އިށީންނަން... ނަމަވެސް މާޖިދު އިށީންނާކަށް ނޫޅެއެވެ. ކޮޓަރީގެ ފަހަތުގައިވާ ވިނަގަނޑާ ދިމާއަށް ހުޅުވާލާފައި ކުޑަދޮރު ކައިރިއަށްގޮސް ހުއްޓިއްޖެއެވެ.

"ކަމަކާ ހާސްވާންޖެހުނީތަ! ޚާންއާޞިފް ސުވާލުކޮށްލިއެވެ.  ކުއްލިއަކަށް މާޖިދު އޭނާގެ ބައްޕައާ ދިމާއަށް އެނބުރިލާފައި ބުންޏެވެ. އަޅުގަނޑުގެ އަންހެނުންނަށާއި ދަރިފުޅަސް މިގޭގައި ޒަހަރުދެމުން ގެންދިޔައީ ދަރިފުޅު މަރުވެއްޖެ ނަމަވެސް އަންހެނުން ސަލާމަތްވީ އޭނާ މަރުން ސަލާމަތްކޮށްދިނީ ޑޮކްޓަރުންގެ މަސައްކަތުން

"ތިޔަ ދައްކަނީ ކޮންކަހަލަ ތާކުންތާކުން ނުޖެހޭ ވާހަކައެއްތަ؟ އޭނާއަށް ޒަހަރުދެނީ ކާކުތަ؟" ޚާންއާޞިފް ރުޅިއައިސްފައި ބުންޏެވެ.

ކާކަށްތޯ ދެވޭނީ؟" މާޖިދުގެ ސުވާލުގައިވަނީ ހިތްދަތި އަސަރެކެވެ.

"ކަލޭގެ ތިޔަވިޔާނުދާ އުޅުން ބަރުދާސްތެއް ނުކުރެވޭނެ.... މިހިރަކުއްޖާ! ކަލޭ ތިޔަވާހަކަ ދައްކަނީ ކަލޭގެ ބައްޕަ ޚާންއާޞިފާކަން ހަނދާން ނައްތާނުލާ!"

"އަޅުގަނޑު ހަމައެކަނި  އޮޅުން ފިލުވާލަން ބޭނުންވަނީ އެ ދެމައިންނަށް ޒަހަރުދިނީ ކީއްކުރައްވަންކަން؟"

"ހައްތާވެސް ތިޔަހެރީ ވިޔާނުދާ ވާހަކަ އެހެންނާފަހެ، އޭނާއަށް ޒަހަރުދޭނީ ކާކުތަ؟ އެ ނުލަފާ އަންހެންމީހާ ގަނޑު އަނެއްކާ ކަލޭ މިތަނަށް ފޮނުވާފައި ތިޔަހެރީ ކޮންއެއްޗެހިތަކެއް ކިޔައިދީފައިތަ!"

"ބައްޕަ ބުނުއްވަން ތިޔަ އުޅުއްވަނީ އެ މީހުންނަށް މިގޭގައި އެކަކުވެސް ޒަހަރެއް ނުދެޔޭތޯ؟"

"އާދޭ... މިތާނގައި އިށީނދޭ..ޒުމައްރަދުވެސް މިހާރު މީނީ މިގެއަށް އައިސް އަދި އަހަރެމެންގެ ކާފަދަރިފުޅު! އަދި އެވެސް ފިރިހެން ދަރިފުޅެއް ވެސް ގޮވައިގެން އަދި އަޅުގަނޑު އައިސްމިހިރީ އަޅުގަނޑުގެ ދަރިފުޅު މަރާލި ޤާތިލް ހޯދަންވެގެން ފަހަރެއްގައި މިހާރު އޭނާ އޭނާގެ ރަށަށް ގޮސް ނިމުނީކަމަށްވެދާނެ..."

"ކަލޭ ބުނަންބޭނުންވަނީ ކީކޭތަ!"

މާޖިދު އޭނާގެ ބައްޕަ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ބުންޏެވެ.

"މިތާނގައި ހަމަޖެހިލައިގެން އިށީނދެބަލަ އަހަރެން މިމަސައްކަތްކުރީ ކަލެއަށް ވިސްނައިދެވޭތޯ ތިޔަހާ ބޮޑަށް ކަންބޮޑުވުމުގެ ބޭނުމެއްނެތް.... އަބަދުވެސް ކަންތައްތަކާމެދު ވިސްނަންވާނީ ފިނި ސިކުނޑިއަކުން ކަންތައްތަކުގައި އަވަސްވެގަތުމުން ގިނަފަހަރަށް ވާނީ ގެއްލުން."

މާޖިދު ޒުމައްރަދާ ދިމާއަށް ލޯބޮޑުކޮށްލާފައި ބުންޏެވެ.

"ކަލޭ މިގެއަށް އައިސް ތިޔަ އުޅެނީ ކީއްކުރަން ކަލޭ އުޅެން ޖެހޭނީ ކަލޭގެ މައިންބަފައިންގެ ގާތުގައި ކަލޭ ތިޔަހަރީ ހަމަހޭގައި ނޫންކަންނޭނގެ." ޒުމައްރަދު ތުންހަދާލާފައި ބުންޏެވެ.

"އަހަރެންނަކީ ކަލޭގެ ދަރިފުޅުގެ މަންމަ އަދި ކަލޭގެ އަނބިމީހާ އަހަރެންގެ އަސްލު ގެޔަކީ މިގެ އަދި އަހަރެން މިހާރުމީނީ މިގޭގައި.

ގެއޭ... ކޮންގެއެއް...." މާޖިދު އަނެއްކާވެސް  ލޯބޮޑުކޮށްލާފައި ބުންޏެވެ. ޚާންއާޞިފް ކަންބޮޑުވެގެން ރާގު ބަދަލުކޮށްލާފައި މާޖިދާ ދިމާއަށް ބުންޏެވެ.

"މާޖިދު! އަހަރެން މިބުނަނީ މިތާނގައި ހަމަޖެހިލައިގެން އިށީންނާށޭ ކަލެއަށް ކަންތައް ވެގެން އުޅޭގޮތް ނުވިސްނެނީތަ؟ ވަރަށް ރަނގަޅަށް ވިސްނޭ ބައްޕާ! ނަމަވެސް އަޅުގަނޑު މިނަންގަންނަ އެއްޗެއްގެ ބުރަދަން ބައްޕައަށް އިހްސާސް ނުކުރެވޭނީކަމަށްވެދާނެ." މާޖިދުގެ އަޑުގައިވަނީ މަލާމާތާ ނުރުހުމުގެ އަސަރުތަކެކެވެ.

"ދަރިފުޅާ...އިށީނދޭ... އަރާމާއެކު ހިތްފިނިކޮށްލައިގެން...އިށީނދޭ.... ދެން ވާހަކަދައްކާ..... އަހަރެންވެސް ދަރިފުޅު ދައްކާވާހަކަ އަޑުއަހާ އެވާހަކައަށް ވިސްނަން ބޭނުންވޭ."

މާޖިދު ގޮނޑިސެޓްގައި ޒުމައްރަދާ ތަންކޮޅެއް ދުރުގައި އިށީނދެއްޖެއެވެ. އެތަންވަޅު ޚާންއާޞިފް ބުންޏެވެ.

"އެންމެ ފުރަތަމަ ވާހަކައަކީ..މި ގޭގެ އެއްވެސް މީހަކު އަނާއަށް ނުވަތަ އޭނާގެ ދަރިފުޅަށް ޒަހަރުދީފައެއްނުވޭ.... ޙިނާ ބަލިވެއުޅެފައި މަރުވީ ކަލޭގެ ހިތް އަހަރެންގެ މައްޗަށް ނުބައި ކުރުމަށްޓަކައި އަނާ ތިޔަ ވާހަކަ އެގޮތަށް ދެއްކީ އޭނާ މީގެ ކުރިންވެސްވަނީ އަހަރެންގެ އަތުން ހުރިހާ އެއްޗެއް އަތުލާފައި.  މިހާރު އަހަރެންގެ ދަރިފުޅުވެސް އަހަރެންގެ އަތުން އަތުލަންވެގެން މަސައްކަތް އެ ކުރަނީ.  އޭގެ މާނައަކީ  ހަމައެކަނި އޭގެ މާނައަކީ އަހަރެން އަމިއްލައަށް މަރުވުން ދަރިފުޅާ! އޭނާ ބަދަލުހިފުމަކުން މިއަދު މިހާރު އަހަރެންގެ ދަރިފުޅުވެސް އަހަރެންނާމެދު ހިތްނުބައި ކުރުމުގެ ވަގުތު މިވަނީ އައިސްފައި ކަންނޭނގެ. އެއީ އޭނާ އެދޭގޮތް...އެކަމަކު ކަލޭގެ ބުއްދީން އެއްކިބާވެގެން އޭނާގެ ވާހަކަތަކަށް ހެއްލިގެން ވާނެތަ!" މާޖިދު ކަންބޮޑުވެއްޖެއެވެ.

އޭނާއަށް ޔަޤީން ނުކުވޭފަދަ ގޮތެއްގައި ބައްޕައާ ދިމާއަށް ބަލާލިއެވެ. އެތަންވަޅު އޭނާއަށް މަޑުމައިތިރިކަން ވެރިވަމުންދާތަން ބަލަން އިނދެފައި ޒުމައްރަދު ބުނެލިއެވެ.

"އަޅުގަނޑު މީ ކަލާގެ އަންހެނުން ކަލާގެ ދަރިފުޅުގެ މަންމަ. އަޅުގަނޑަށް މިދެނީ ކޮންކުށެއްގެ އަދަބެއްތޯ.... އެ މީހާ މި ގެއަށް އައުމާއެކު އެންމެ ފުރަތަމައިން ވެސް އަޅުގަނޑު މި ގެއިން ނެރެލީ، އޭނާ ކައިރިއަށް މުޅިޝަހަރަށް މަޝްހޫރުވެފައިވާ ނުލަފާ ގުންޑާ އަދި މީހުންމަރާ މީހަކު ގެނެސްގެން އުޅެންފެށީ. އަދި އެ އަންހެންމީހާގެ ބަހަށް އަޅުގަނޑު މިގެއަށް ވަނަވެސް ނުދީ ހިފެހެއްޓީ...."

އަދި މިހާރު ކަލާ ތިޔަހުންނެވީ އޭނާ ކިޔާހާ ލަވަޔަކަށް ނައްޓަވަން."

"އަހަރެންނަށް މީނީ ހަނދާނެ ގޮތެއް ނޭނގިފައި... ކުށްވެރިޔަކީ ކާކުކަމެއް ނުވަތަ ކުށްވެރި ނޫނީ ކާކުކަމެއް ކަނޑައަޅާކަށް އަހަރެންނަކަށް ނޭނގެ މިއީ އަހަންނަށް ވިސްނޭވަރުގެ ކަމެއްނޫން."

މާޖިދު ނިތްކުރިގައި އަތް އުގުޅަމުން ބުންޏެވެ.

އަނެއްކާވެސް ޚާންއާޞިފް ވާހަކަ ދައްކަން ފެއްޓިއެވެ.

"މާޖިދު! ދުވަހަކު ވެސް މައިންބަފައިންނަށް އެމީހުންގެ ދަރިންގެ ދުޝްމަނުންނަށް ވެވޭނެތަ! އަހަރެންގެ ހުރިހާ ކަމެއް ކޮށްފައިވާނީ ކަލޭގެ ރަނގަޅަށް. ނަމަވެސް ކަލޭ އަންހެނެއްގެ ބަހަށް ހެއްލުނީ. އެ އަންހެންމީހާއަކީ އެއްފަރާތުގައި ޘަނާ ކަހަލަ ހުޝިޔާރު ވަކީލެއް. އަދި އަނެއް ފަރާތިގައި ބިއްލާ ކަހަލަ ނުބައި ގުންޑާއެއް ބަހައްޓައިގެން އުޅޭ އަންހެނެއް. އަހަރުމެން ހަލާކުކޮށްލުމަށް ޓަކައި އޭނާ ބޭނުންކުރާ ދެ ވަޞީލަތަކީ އެ ދެ މީހުން. އެކަމަކު ހައިރާންވާކަމަކީ އެ ދެ މީހުން ގަނެވޭނެ އެއްވެސް ގޮތެއްނުވާކަން. އަހަރެން ފުރިހަމަ ބާރާއި އަސަރާއި އެކުގައި އެ މީހުން ގަނެވޭތޯ މަސައްކަތް ކޮށްފިން. ނަމަވެސް ކާމިޔާބުވާގޮތެއް ނުވި. އެ މީހުންނަށް އެ އަންހެންމީހާ ދައްކާނީ ކޮންއެއްޗެއްކަމެއްވެސް ނޭނގެ. މިއަދު ދަރިފުޅު ތިޔަގޮތަށް މަސްތުވެގެން އައިތަން ފެނިފައި އަދި ދަރިފުޅުގާތަށް އައިސްފައި ހުރި ރުޅިފެނިފައި އެންމެ ފުރަތަމަ ބައްޕައަށް ކުރެވުނު ޚިޔާލަކީ އަމިއްލައަށް މަރުވުމުގެ ޚިޔާލު...އެހެނީ އެ އަންހެންމީހާ ބަދަލުހިފަން ބޭނުންވަނީ އެގޮތަށް. އެއީ އޭނާ އެދޭގޮތް." މާޖިދު ތެދުވެއްޖެއެވެ. އެއްވެސް އެއްވެއް ނުބުނެއެވެ. މަޑުމަޑުން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. އޭނާވަނީ އޭނާގެ އަމިއްލަ ޙާލަތުގެ މައްޗަށް ވަރަށް ބޮޑަށް މަޖްބޫރުވެފައެވެ. އަދި ކުރާނެ ކަމެއްނެތްކަން އިޙްސާސްކުރެވިފައެވެ. އޭނާގެ އަމިއްލަ ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފިއެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ވިސްނަމުން ގެންދަނީއެވެ. އަނާގެ ވާހަކަތައް ކުރިމައްޗަށް ގެނެސްފިނަމަ ބައްޕައަކީ ކުށްވެރިއެކެވެ.އޭނާގެ ދަރިފުޅު މަރާލި މީހާއެވެ. ނަމަވެސް... ބައްޕަގެ ދަލީލުތަކުގެ މައްޗަށް ވިސްނައިފިނަމަ ކުށްވެރިޔަކީ އަނާއެވެ.

ދެ މީހުންގެ ތެރެއިން ތެދުބުނަނީ ކާކު ހެއްޔެވެ؟

މިއީ އޭނާއަށް ނުނިންމުނު މައްސަލައެކެވެ.

ކުއްލިއަކަށް ޒުމައްރަދު އެކޮޓަރި ތެރެއަށް ވަދެއްޖެއެވެ.

މާޖިދު ސިއްސައިގެން ގޮސްފައި އޭނާއާ ދިމާއަށް ބަލާލިއެވެ.

ޒުމައްރަދު ބުންޏެވެ.

"އަހަރެންގެ ބޭބެ އަދިވެސް އޮތީ ހޮސްޕިޓަލްގައި އޭނާގެ ފައިގައިވަނީ ޕްލާސްޓަރ އަޅާފައި ކަލާ އެންމެފަހަރަކު ވެސް އޭނާއަށް ގޮވާލައްވަންވެސް ނުދުރުވޭ.."

"އޭނާ މި ގެއަށްއައިސް އަރާރުންވެ ތަޅާފޮޅާ ހެދީ އޭނާ ގާތުގައި އަހަރެން ބުނެގެންތަ!" މާޖިދު ރުޅިއައިސްފައި ބުންޏެވެ.

“ކަލާ ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކައެއްތޯ މާޖިދު!" ޒުމައްރަދު ކަންބޮޑުވެއްޖެއެވެ.

"އަހަރެން މިބުނީ ކަލޭ އަނާއަށް ހަމަލާދިނީ ކީއްވެހޭ... އަދި ކަލޭގެ ބޭބެ ފޮނުވައިގެން އޭނާއާއި ދިމާކުރަންޖެހުނީ ކީއްވެގެންހޭ!

އަޅުގަނޑު އޭނާޔަކަށް ހަމަލާއެއް ނުދެން. އެއީ މުޅީން ދޮގެއް."

"ޢާޝީ އަހަރެން ގާތުގައި އެވާހަކަތައް ބުނި. އޭނާ ބުނިގޮތުގައި އަނާގެ ކަރުގައި ކަލޭ ހިފީ. އޭނާ ކަލޭގެ ބަނޑުގައި ޖެހީ. އޭގެ ޖަވާބަކަށް އޭގެ ފަހުން އައީ ކަލޭގެ ބޭބެ އެއީ ކީއްވެގެން؟ ކަލޭ ވެސް ހަމަބާރަށް ބުނެފައި އެބައޮތް، އޭގެބަދަލު ހިފާނަމޭ އަދި ކަލޭގެ ބައްޕަވެސް ހަމަ ސާފު ބަހުން ބުނެފައި އެބައޮތް. ކަލޭގެ ބޭބެއަކީ ވަރަށް ނުލަފާ މީހެކޭ. އޭނާ ކަލޭގެ ފަރާތުން ބަދަލު ހިފާނެއޭ. އެހެންވީމާ އޭނާ މި ގެއަށް އައީ. އަދި ހޮސްޕިޓަލަށް ދިޔައީ. އަހަރެން އޭނާއަށް ގޮވާލަން ދާކަށް ނުޖެހޭނެ. އަހަރެން ކަލޭ ކުރެން މިއަހަނީ ކަލޭމެން އެގޮތަށް އެ ކަންތައްކުރީ ކީއްވެގެންތޯ އަދި ކާކު ބުނެގެންތޯ؟ އަޅެ މިހުރިހާ ކަމެއް ކުރުމުގެ ކުރިން އަހަރެން ކުރެން އެހިންތަ!"

ޒުމައްރަދު އެއްވެސް ޖަވާބެއް ނުދިނެވެ.

އަދި ކުރިއަށް ހިނގާލާފައިގޮސް އޭނާގެ އުރުގައި ނިދިފައި އޮތް ދަރިފުޅު އެނދުމަތީގައި ބާއްވައިފިއެވެ. އަދި އެތާހުރި ގޮނޑިސެޓްގައި އިށީނދެލައިފިއެވެ.

"މާޖިދު! އަހަރެންނަކީ ކަލޭގެ އަނބިމީހާ!"

"ހަނދާންކޮށްދިންކަމަށްޓަކައި ޝުކުރިއްޔާ! އެކަމަކު އެކަން ހަނދާންކޮށްދޭން ޖެހުނީ ކީއްވެގެންހެއްޔެވެ؟" މާޖިދު މަލާމާތް ގޮތަކަށް ބުނެލިއެވެ.

"ހަނދާންކޮށް ދޭންޖެހުނު ސަބަބަކީ ކާލާ އަޅުގަނޑާމެދު ފަރުވާ ނުބެހެއްޓެވިކަން  އެންމެ ފުރަތަމަ ގަދަކަމުން ބާރުދައްކަވައިގެން  އަޅުގަނޑު މިގެއިން ނުކުންނަން އެންގެވީ. އަޅުގަނޑު އޭރު ކޮންމެދުވަހަކުވެސް ކަލާއާ ގުޅޭނެ ފޯނުން ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރިން. ނަމަވެސް ކަލާއާ ގުޅޭނެ ގޮތެއްނުވި. އެންމެފަހުން މިއަދު ކެތްތެރިކަމުގެ ތަށިފުރި ބަންޑުންވާން ފެށީމާ ދެންނީނދެވިގެން ދަރިފުޅު ގޮވައިގެން މިގެއަށް މިއައީ އަޅުގަނޑު ގާތު އަޅެ ބުނުއްވާ ބައްލަވާ މިކަމުގައި އަޅުގަނޑުގެ ކުށަކީ ކޮބައިތޯ؟"

"ކުށެކޭ... ކުށެއްވާ އަހަރެންގެވެސް ނެތް ނަމަވެސް ސަޒާ މިއޮއްދަނީ ލިބެމުންނު. އަޅުގަނޑު މިގޭގައި އުޅެން ބޭނުން. އަޅުގަނޑަށް ކަލާޔާ ދުރުގައެއް ނުހުރެވޭނެ."

"ހަމަޔަޤީނުންވެސް މިގޭގައި ހުރޭ ނަމަވެސް މިގޭގައި ހުރެގެން ކަލެއަށް އެއްވެސް ގެއްލުމެއް ލިބުނަސް އަހަރެން އެކަމުގެ ޒިންމާއެއް ނުވާނަން. ކޮންކަހަލަ ގެއްލުމެއްތޯ!" ޒުމައްރަދު ސިއްސައިގެން ގޮސްފައި ބުންޏެވެ.

މާޖިދު ސިނގިރޭޓެއް ރޯކޮށްލިއެވެ. އަދި ވަރަށް ދިގުކޮށް އެއްފަހަރާ ދަމާލާފައި ބުންޏެވެ.

"މި ގޭގައި މިހާރުމިދަނީ ދިރިއުޅުމާއި މަރުވުމުގެ ކުޅިވަރު ކުޅެވެމުން އިންސާނުންގެ ކާނާއަށް ޒަހަރުލަމުން ގެންދަނީ އަދި ތިޔަ ހަމަކަލާގެ ވަހުމް މާޖިދު! އެނުލަފާ އަންހެންމީހާ ގަނޑު އަނެއްކާ ކަލޭ މިތަނަށް ފޮނުވާފައި ތިޔަހެރީ ކޮންއެއްޗެހިތަކެއް ކިޔައިދީފައިތަ!"

"ބައްޕަ ބުނުއްވަން ތިޔަ އުޅުއްވަނީ އެމީހުންނަށް މިގޭގައި އެކަކުވެސް ޒަހަރެއް ނުދެޔޭތޯ؟"

"އާދޭ... މިތާނގައި އިށީނދޭ..ޒުމައްރަދު ވެސް މިހާރު މީނީ މިގެއަށް އައިސް އަދި އަހަރެމެންގެ ކާފަދަރިފުޅު! އަދި އެވެސް ފިރިހެން ދަރިފުޅެއް ވެސް ގޮވައިގެން އަދި އަޅުގަނޑު އައިސްމިހިރީ އަޅުގަނޑުގެ ދަރިފުޅު މަރާލި ޤާތިލް ހޯދަންވެގެން ފަހަރެއްގައި މިހާރު އޭނާ އޭނާގެ ރަށަށް ގޮސް ނިމުނީކަމަށްވެދާނެ..."

"ކަލޭ ބުނަންބޭނުންވަނީ ކީކޭތ؟!"

މާޖިދު އޭނާގެ ބައްޕަ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ބުންޏެވެ.

"މިތާނގައި ހަމަޖެހިލައިގެން އިށީނދެބަލަ އަހަރެން މިމަސައްކަތްކުރީ ކަލެއަށް ވިސްނައިދެވޭތޯ ތިޔަހާ ބޮޑަށް ކަންބޮޑުވުމުގެ ބޭނުމެއްނެތް.... އަބަދުވެސް ކަންތައްތަކާމެދު ވިސްނަންވާނީ ފިނި ސިކުނޑިއަކުން ކަންތައްތަކުގައި އަވަސްވެގަތުމުން ގިނަފަހަރަށް ވާނީ ގެއްލުން." މާޖިދު ޒުމައްރަދާ  ދިމާއަށް ލޯބޮޑުކޮށްލާފައި ބުންޏެވެ.

"ކަލޭ މި ގެއަށް އައިސް ތިޔަ އުޅެނީ ކީއްކުރަން ކަލޭ އުޅެން ޖެހޭނީ ކަލޭގެ މައިންބަފައިންގެ ގާތުގައި ކަލޭ ތިޔަހަރީ ހަމަހޭގައި ނޫންކަންނޭނގެ." ޒުމައްރަދު ތުންހަދާލާފައި ބުންޏެވެ.

"އަހަރެންނަކީ ކަލޭގެ ދަރިފުޅުގެ މަންމަ އަދި ކަލޭގެ އަނބިމީހާ އަހަރެންގެ އަސްލު ގެޔަކީ މި ގެ އަދި އަހަރެން މިހާރު މީނީ މި ގޭގައި."

"ގެއޭ... ކޮންގެއެއް...." މާޖިދު އަނެއްކާވެސް  ލޯބޮޑުކޮށްލާފައި ބުންޏެވެ. ޚާންއާޞިފް ކަންބޮޑުވެގެން ރާގު ބަދަލުކޮށްލާފައި މާޖިދާ ދިމާއަށް ބުންޏެވެ.

"މާޖިދު! އަހަރެން މިބުނަނީ މިތާނގައި ހަމަޖެހިލައިގެން އިށީންނާށޭ ކަލެއަށް ކަންތައް ވެގެން އުޅޭގޮތް ނުވިސްނެނީތަ؟ ވަރަށް ރަނގަޅަށް ވިސްނޭ ބައްޕާ! ނަމަވެސް އަޅުގަނޑު މިނަންގަންނަ އެއްޗެއްގެ ބުރަދަން ބައްޕައަށް އިހްސާސް ނުކުރެވޭނީކަމަށްވެދާނެ." މާޖިދުގެ އަޑުގައިވަނީ މަލާމާތާ ނުރުހުމުގެ އަސަރުތަކެކެވެ.

"ދަރިފުޅާ...އިށީނދޭ... އަރާމާއެކު ހިތްފިނިކޮށްލައިގެން...އިށީނދޭ.... ދެން ވާހަކަދައްކާ..... އަހަރެން ވެސް ދަރިފުޅު ދައްކާ ވާހަކަ އަޑުއަހާ އެވާހަކައަށް ވިސްނަން ބޭނުންވޭ."

މާޖިދު ގޮނޑިސެޓްގައި ޒުމައްރަދާ ތަންކޮޅެއް ދުރުގައި އިށީނދެއްޖެއެވެ. އެތަންވަޅު ޚާންއާޞިފް ބުންޏެވެ.

"އެންމެ ފުރަތަމަ ވާހަކައަކީ..މި ގޭގެ އެއްވެސް މީހަކު އަނާއަށް ނުވަތަ އޭނާގެ ދަރިފުޅަށް ޒަހަރުދީފައެއްނުވޭ.... ޙިނާ ބަލިވެއުޅެފައި މަރުވީ ކަލޭގެ ހިތް އަހަރެންގެ މައްޗަށް ނުބައި ކުރުމަށްޓަކައި އަނާ ތިޔަ ވާހަކަ އެގޮތަށް ދެއްކީ އޭނާ މީގެ ކުރިންވެސްވަނީ އަހަރެންގެ އަތުން ހުރިހާ އެއްޗެއް އަތުލާފައި  މިހާރު އަހަރެންގެ ދަރިފުޅުވެސް އަހަރެންގެ އަތުން އަލުތުލަންވެގެން މަސައްކަތް އެ ކުރަނީ. އޭގެ މާނައަކީ  ހަމައެކަނި އޭގެ މާނައަކީ އަހަރެން އަމިއްލައަށް މަރުވުން ދަރިފުޅާ! އޭނާ ބަދަލުހިފުމަކުން މިއަދު މިހާރު އަހަރެންގެ ދަރިފުޅުވެސް އަހަރެންނާމެދު ހިތްނުބައި ކުރުމުގެ ވަގުތު މިވަނީ އައިސްފައި ކަންނޭނގެ އެއީ އޭނާ އެދޭގޮތް...އެކަމަކު ކަލޭގެ ބުއްދީން އެއްކިބާވެގެން އޭނާގެ ވާހަކަތަކަށް ހެއްލިގެން ވާނެތަ!"

މާޖިދު ކަންބޮޑުވެއްޖެއެވެ.

އޭނާއަށް ޔަޤީން ނުކުރެވޭފަދަ ގޮތެއްގައި ބައްޕައާ ދިމާއަށް ބަލާލިއެވެ. އެތަންވަޅު އޭނާއަށް މަޑުމައިތިރިކަން ވެރިވަމުންދާތަން ބަލަން އިނދެފައި ޒުމައްރަދު ބުނެލިއެވެ.

"އަޅުގަނޑު މީ ކަލާގެ އަންހެނުން ކަލާގެ ދަރިފުޅުގެ މަންމަ އަޅުގަނޑަށް މިދެނީ ކޮންކުށެއްގެ އަދަބެއްތޯ.... އެމީހާ މިގެއަށް އައުމާއެކު އެންމެ ފުރަތަމައިންވެސް އަޅުގަނޑު މިގެއިން ނެރެލީ، އޭނާ ކައިރިއަށް މުޅިޝަހަރަށް މަޝްހޫރުވެފައިވާ ނުލަފާ ގުންޑާ އަދި މީހުންމަރާ މީހަކު ގެނެސްގެން އުޅެންފެށީ އަދި އެއަންހެންމީހާގެ ބަހަށް އަޅުގަނޑު މިގެއަށް ވަނަވެސް ނުދީ ހިފެހެއްޓީ....

އަދި މިހާރު ކަލާ ތިޔަހުންނެވީ އޭނާ ކިޔާހާ ލަވަޔަކަށް ނައްޓަވަން."

"އަހަރެންނަށް މީނީ ހަނދާނެ ގޮތެއް ނޭނގިފައި... ކުށްވެރިޔަކީ ކާކުކަމެއް ނުވަތަ ކުއްވެރި ނޫނީ ކާކުކަމެއް ކަނޑައަޅާކަށް އަހަރެންނަކަށް ނޭނގެ މިއީ އަހަންނަށް ވިސްނޭވަރުގެ ކަމެއްނޫން."

މާޖިދު ނިތްކުރިގައި އަތް އުގުޅަމުން ބުންޏެވެ.

އަނެއްކާވެސް ޚާންއާޞިފް ވާހަކަ ދައްކަން ފެއްޓިއެވެ.

"މާޖިދު! ދުވަހަކުވެސް މައިންބަފައިންނަށް އެމީހުންގެ ދަރިންގެ ދުޝްމަނުންނަށް ވެވޭނެތަ! އަހަރެންގެ ހުރިހާ ކަމެއް ކޮށްފައިވާނީ ކަލޭގެ ރަނގަޅަށް. ނަމަވެސް ކަލޭ އަންހެނެއްގެ ބަހަށް ހެއްލުނީ އެއަންހެންމީހާއަކީ އެއްފަރާތުގައި ޘަނާކަހަލަ ހުޝިޔާރު ވަކީލެއް. އަދި އަނެއް ފަރާތިގައި ބިއްލާ ކަހަލަ ނުބައި ގުންޑާއެއް ބަހައްޓައިގެން އުޅޭ އަންހެނެއް. އަހަރުމެން ހަލާކުކޮށްލުމަށް ޓަކައި އޭނާ ބޭނުންކުރާ ދެ ވަޞީލަތަކީ އެ ދެ މީހުން. އެކަމަކު ހައިރާންވާކަމަކީ އެ ދެ މީހުން ގަނެވޭނެ އެއްވެސް ގޮތެއްނުވާކަން. އަހަރެން ފުރިހަމަބާރާއި އަސަރާއި އެކުގައި އެމީހުން ގަނެވޭތޯ މަސައްކަތް ކޮށްފިން. ނަމަވެސް ކާމިޔާބުވާގޮތެއް ނުވި. އެ މީހުންނަށް އެ އަންހެންމީހާ ދައްކާނީ ކޮންއެއްޗެއްކަމެއްވެސް ނޭނގެ. މިއަދު ދަރިފުޅު ތިޔަގޮތަށް މަސްތުވެގެން އައިތަން ފެނިފައި އަދި ދަރިފުޅުގާތަށް އައިސްފައި ހުރި ރުޅިފެނިފައި އެންމެ ފުރަތަމަ ބައްޕައަށް ކުރެވުނު ޚިޔާލަކީ އަމިއްލައަށް މަރުވުމުގެ ޚިޔާލު...އެހެނީ އެއަންހެންމީހާ ބަދަލުހިފަން ބޭނުންވަނީ އެގޮތަށް. އެއީ އޭނާ އެދޭގޮތް."

މާޖިދު ތެދުވެއްޖެއެވެ.

އެއްވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. މަޑުމަޑުން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. އޭނާވަނީ އޭނާގެ އަމިއްލަ ޙާލަތުގެ މައްޗަށް ވަރަށް ބޮޑަށް މަޖްބޫރުވެފައެވެ. އަދި ކުރާނެ ކަމެއްނެތްކަން އިޙްސާސްކުރެވިފައެވެ. އޭނާގެ އަމިއްލަ ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.