ބީއެމްއެލް އިސްލާމިކް ފައިނޭންސް އިން އައު ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އައު ޕްރޮމޯޝަން އެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ގެ ކޮންމެ ޕްރޮޑަކްޓަކަށް ވެސް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭނެއެވެ.

ގުރުއަތުން ހޮވޭ ގްރޭންޑް ވިނަރ އަށް 50،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެއެވެ.

10 ޖޫން ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 އަކުން މެންދުރު 2:00 ޖަހަންދެން ކަސްޓަމަރުންނަށް އޯޕަންޑޭ ގައި ބައިވެރިވެ ބީއެމްއެލް އިސްލާމިކް ބްރާންޗަށް ވަޑައިގެން ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ޕްރޮޑަކްޓް ގެ މައުލޫމާތު ސާފުކޮށް ހިދުމަތައް އެދި ހުށަހެޅޭނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 10 ޖޫން އިން 22 ޖުލައި 2023 ގެ ނިޔަލަށެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv//bml-islamic-promotion

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.