އެމްއެންޕީގެ ޓީމެއް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް!

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓީމެއް މާލެ އަތޮޅު ކާށިދޫ އަށް ހިނގައްޖެއެވެ.

އެ ޕާޓީން ބުނީ މި ދަތުރުގައި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް މިވަގުތު ހުންނެވީ ގާފަރުގައި ކަމަށާއި އެ ޓީމުގެ މި ދަތުރުގައި ކެންޕެއިން ހަރަކާތްތައް ހިންގާނެ ކަމަށް އެމްއެންޕީ އިން ބުނެއެވެ. އަދި މިދަތުރުފުޅުގައި ކާށިދޫގައި ޑޯޓުޑޯ ހަރަކާތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ބުނެއެވެ.

މީގެ އިތުރުން ކާށިދޫގައި އެ ޕާޓީގެ ކެމްޕޭން ޖަގަހައެއް މިރޭ ހުޅުވާނެ ކަމަށް ވެސް އެމްއެންޕީ އިން ބުނެއެވެ. މިރޭ 21:00 ގައި މި ޖަގަހަ ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާ އެމްއެންޕީގެ ފޭސްބުކް އިން ލައިވް ކުރާނެ ކަމަށް ވެސް ބުނެއެވެ.

ނާޒިމްގެ މި ދަތުރުގައި ދިއްފުއްޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީ އިން ބުނެއެވެ.

ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އެޕާޓީގެ ރައީސް ނާޒިމް ކަމަށް ކަނޑައަޅާފައިވާއިރު، ނާޒިމްގެ މެނިފެސްޓޯ ވެސް މިހާރުވަނީ އާންމުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.