މަގޫދޫ ގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެ ހުޅުވައިފި

ފ. މަގޫދޫ ގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެ ހުޅުވައިފިއެވެ.

އެރަށުގައި އައު އިންޖީނުގެއެއް ހުޅުވާފައި މިވަނީ އެރަށުގެ މެދުގައި 24 އަހަރު ވަންދެން ހިންގަމުން އައި ޒަމާންވީ އިންޖީނުގެ ބަންދުކުރުމަށްފަހުއެވެ.

ރަށުގެ ބަނދަރުމަތީގައި ހެދި އައު އިންޖީނުގެ ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ބިލެތްދޫގައި މީގެ ކުރީން ހުރި އިންޖީނުގެއަކީ ހަމައެކަނި ކޮންޓްރޯލް ރޫމަކާއި ޑެގްރޫމެއް ހުރި ތަނެކެވެ. އަދި އޮފީސް އިމާރާތުގައި ހުރީ ސްޓާފް އޭރިއާއެއް އެކަންޏެވެ.

ނަމަވެސް އަލަށް ހުޅުވި އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި ޑެގްރޫމެއްގެ އިތުރުން ވޯކްޝޮޕެއް، ސްޓޯރެއް، ޗިމްނީއެއް، ފިއުލް ޓޭންކެއް، ޕޭންޓްރީ އަދި ފާހާނާއެއް ހުރެ އެވެ. އަދި އޮފީސް އިމާރާތުގައި ރިސެޕްޝަން، ލޮބީ، މީޓިން ރޫމް، މެނޭޖާ ރޫމް، ޓެކްނިކަލް ސްޓާފް ރޫމް، ރެސްޓް ރޫމް، ޕޭންޓްރީ އަދި ފާހާނާއެއް ހުރެ އެވެ.

ކުރިން ހުރި އިންޖީނުގެއާއި އޮފީސް އިމާރާތުގައި ފަސް މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވުނު ނަމަވެސް، އަލަށް ހުޅުވި އިންޖީނުގެއާއި އޮފީސް އިމާރާތުގައި 30 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވޭނެ އެވެ.

ބިލެތްދޫ އާ އިންޖީނުގެ ހުޅުވީ ޖެންސެޓްގެ ކެޕޭސިޓީވެސް އިތުރުކޮށްފަ އެވެ. އެގޮތުން ކުރީ ޖެންސެޓްގައި 1060 ކިލޯވޮޓް ހުރި ނަމަވެސް އަލަށް ހެދި އިންޖީނުގެ ޖެންސެޓް ކެޕޭސިޓީ ވަނީ 1200 ކިލޯވޮޓަށް އިތުރުކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.