މޫސުން ގޯސްވެ، ބައެއް ސަރަހައްދުތައް ވައިޓް އެލަރޓުގަ!

މޫސުން ގޯސްވުމުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދަށް ވައިޓް އެލަރޓު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މެދުރާއްޖެތެރެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލަރޓު ނެރެފައިވާ ކަމަށެވެ.

އެގޮތުން ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވާއިރު، މިއަދު މެންދުރުފަހު 3 ޖެހުމާއި ހަމައަށް މި އެލަރޓް ވަނީ ނެރެފައެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ދުވަސްވަރަކަށްވުމުން، މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވާން އެ އިދާރާއިން އެދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.