ރައީސްގެ ޚާއްސަ ވީޑިއޯ މެސެޖެއް ޓީވީ ޗެނަލްތަކުން މިއަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލޙުގެ ޚާއްޞަ ވީޑިއޯ މެސެޖެއް ޓީވީ ޗެނަލްތަކުން މިއަދު ގެނެސްދޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ވީޑިއޯ މެސެޖު ގެނެސްދޭނީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ.

މި ވީޑިއޯ މެސެޖު ރާއްޖޭގެ ޓީވީ ޗެނަލްތަކުގެ އިތުރުން ރައީސް އޮފީހުގެ ޓްވީޓަރ އެކައުންޓްތަކުން ލައިވްކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

މި ވީޑިއޯ މެސެޖު ގެނެސްދެއްވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ރައީސް އޮފީހުން ވިދާޅެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.