އިސްތަންބޫލްގައި އޮންނަ ޔޫއެފާ ޗެންޕިއަންސް ލީގު ފައިނަލަށް 2 މީހަކަށް ދަތުރެއް ބީއެމްއެލް އިން ދެނީ

ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑު ކަސްޓަމަރުންނަށް މިއަދު އައު ޕްރޮމޯޝަން އެއް ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި މާސްޓަރކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 12 އެޕްރީލް އިން 9 މެއި 2023 ގެ ނިޔަލަށެވެ.

މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރ އެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.