ތިލަމާލެ، ބްރިޖުގެ މަސައްކަތަށް ގެނެސްފައި އޮތް ބޮޑު އުޅަނދު، ފޮނުވާލައިފި

ތިލަމާލެ، ބްރިޖުގެ މަސައްކަތަށް ގެނެސްފައި އޮތް ބޮޑު އުޅަނދު، ރުމެއިލާ ފޮނުވާލައިފިއެވެ.

ތިލަމާލެ، ބްރިޖުގެ މަސައްކަތްތަށް ގެނެސްފައި އޮތް ބޮޑު އުޅަނދު، ރުމެއިލާ ފޮނުވާލުމުން ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުން ނެވެ.

އެގޮތުން އެއުޅަނދަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ފޮނުވާލީ ކަމަށް ވެސް އަންނަނީ ބުނަމުން ނެވެ.

އެހެންނަމަވެސް، ކުއްޔަށް ނަގާފައިވާ މި އުޅަނދު ފޮނުވާލީ ފައިސާގެ މައްސަލައެއް ދިމާވެގެން ނޫން ކަމަށް ބްރިޖްގެ ޕްރޮޖެކްޓް މެނޭޖަރާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ބުނަމުން ދެއެވެ. އަދި އުޅަނދު ފޮނުވާލީ އެއުޅަނދު ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތައް މިވަގުތަށް ނިމިފައިވާތީ ކަމަށް ވެސް ބުނެއެވެ.

"ރުމެއިލާ"އަކީ ކަނޑުގެ ފުން ހިސާބުތަކުގެ އަޑީގައި މަސައްކަތްކުރުމަށް ބޭނުންކުރާ އުޅަނދެކެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އެއުޅަނދު ބޭނުންކުރީ ކަނޑުގެ ފުން ހިސާބުތަކުގައި ތަނބުތައް ޖެހުމަށެވެ. މި ބުރިޖުގައި ޖުމުލަ 50 ތަނބު ޖަހަން ޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.